މުފްތީ މެންކް ރާއްޖެ ވަޑައިގެންފި

މުފްތީ މެންކް އައްޑޫ ސިޓީގައި-- ފޮޓޯ: ފޭސްބުކް

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

މުފްތީ އައްޑޫ ސިޓީއަށް މިވަޑައިގެންނެވީ އެ ސިޓީގައި މިރޭ ބާއްވާ ދަރުހެއް ދެއްވުމަށެވެ.

މިއީ އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ބާއްވާ ދަރުހެކެވެ.

އެ ދަރުސް އިންތިޒާމްކުރުމުގައި ބައިވެރިވި ނޫރުލް އިސްލާމް ޖަމިއްޔާއިން ބުނީ އެ ދަރުސް އޮންނާނީ އައްޑޫ ސިޓީގެ ނޫރާނީ ސްކޫލުގައި މިރޭ 09:15 ގައި ކަމަށެވެ.

"މުސްލިމް ޒުވާނުންނަށް މެސެޖެއް"ގެ ނަމުގައި ދެއްވާ ތަގުރީރު އިންތިޒާމު ކުރުމުގައި ރަބީޢުލްޣުލޫބް ފައުންޑޭޝަން އަދި ޖަމިއްޔަތުލް ޢުލޫމުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މުފްތީ މެންކް އައްޑޫ ސިޓީގައި-- ފޮޓޯ: ފޭސްބުކް

އިރުމަތީ އެފްރިކާ އަދި އެނޫން ސަރަހައްދުތަކުގެ ގައުމުތަކުގައިވެސް ގިނަ ތަގުރީރުތަކެއް ދެއްވަމުން ގެންދަވާ ޝެއިޚް މުފްތީ އަކީ ޒިމްބާބުވޭގެ މުސްލިމު އާބާދީއަށް އިސްލާމީ ތައުލީމު ފޯރުކޮށްދޭ މަޖްލީސުއް އުލަމާގެ ދަށުން ހިންގަމުން އަންނަ އިސްލާމީ އެޑިއުކޭޝަން ސެންޓަރު ނުވަތަ ދާރުލް އިލްމުގެ ޑިރެކްޓަރެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން ޝަރީއާ ލޯއިން ޑިގްރީއެއް ހާސިލްކުރައްވައިގެން ހުންނެވި ޝެއިހް މުފްތީ ވަނީ އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދިޔަ "ދަ މެސެޖް ޕްރޮގްރާމް"ގެ ތެރެއިން 2015 ވަނަ އަހަރުވެސް ރާއްޖެ ވަޑައިގެން ދަރުހެއް ދެއްވާފައެވެ.

comment ކޮމެންޓް