އުކުޅަހު ކައުންސިލުންދޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޭބަލް ޓީވީ ޕެކޭޖެއް

އއ. އުކުޅަސް: އުކަޅަހު ކައުންސިލުންދޭ ރޯދަ ހަދިޔާ ގެ ގޮތުގައި ކޭބަލް ޓީވީގެ ހިދުމަތް ހިލޭ ދިނުމަށް ވަނީ ނިންމާފައި --- ސަން ފޮޓޯ

އއ. އުކުޅަހު ކައުންސިލުންދޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި މީހުން ދިރިއުޅެ ކޮންމެ ގެޔަކަށް ކޭބަލް ޓީވީގެ އެންމެ ބޮޑު ޕެކޭޖު ހިލޭ ދިނުމަށް ނިންމައިފިއެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް މިއަދު "ސަން" އަށް ވިދާޅުވީ ކުރީ އަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޭބަލް ޓީވީގެ ޚިދުމަތް ހިލޭދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

"މި ހަދިޔާދޭން ނިންމުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ލިބޭ ކޮމެންޓުތައް ވަރަށް ރަނގަޅު،" ޝައުކަތު ވިދާޅުވިއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ކޭބަލް ޓީވީގެ ބޮޑު ޕެކެޖް ހިލޭ ދިނުމަށް ހަމަޖެހިފައި ވަނީ އިއްޔެ އިންް ފެށިގެން ރަށުގައި މީހުން ދިރި އުޅޭ ގޭބަސީ ތަކަށެވެ.

އުކުޅަހަށް ކޭބަލް ޓީވީގެ ޚިދުމަތް ދެނީ އެރަށު ކައުންސިލުންނެވެ.

އުކުޅަހުގެ އާބާދީ އަކީ 1050 މީހުންކަމުގައިވީ ނަމަވެސް ރަށުގައި ދިރިއުޅޭ މީހުންގެ އަދަދުވަނީ 1200 އަށް އަރާފައެވެ.

comment ކޮމެންޓް