ނަހަމަ ގޮތުގައި ޑޭޓާ ބޭނުންކޮށްގެން ފޭސްބުކް އިން 200 އެޕްލިކޭޝަން ސަސްޕެންޑްް ކޮށްފި އެވެ.
ފޭސްބުކްގެ ޑޭޓާ ނަހަމަގޮތުގައި ބޭނުންކޮށް ޔޫޒަރުންގެ ޒާތީ މައުލޫމާތުގެ ބޭނުން ނަހަމަގޮތުގައި ހިފިކަމުގެ މައްސަލައެއް ދަނީ ބަލަމުންނެވެ. ފޭސްބުކް އިން ވަނީ މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ.
އެ ކުންފުނީގެ ސީއޯއޯ މާކް ޒަކަބާގް ބުނީ މި މައްސަލަ ފެންމަތިވުމުގެ ކުރިން އެއްވެސް އެޕްލިކޭޝަންއެއް ފޭސްބުކް ބޭނުންކޮށްގެން ކަސްޓަމަރުން ނުވަތަ ޔޫޒަރުންގެ މައުލޫމާތު ހޯދުން މަނާކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް މައްސަލަ ފެންމަތިވުމުން އެކަން ސީރިއަސްކޮށް ބަލައި ފިޔަވަޅުތައް އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.
މިހާތަނަށް 1000 އެޕްލިކޭޝަންގެ މައްސަލަ ބަލައި 200 އެޕް ސަސްޕެންޑް ކޮށްފައިވާ އިރު އާ އެޕްތައް ފޭސްބުކް އާ ގުޅުން ވެސް މިވަގުތަށް ވަނީ މަޑުޖައްސާލައިފަ އެވެ.