ސްނެޕްޗެޓުގެ ސީއެފްއޯ އަކަށް އެމެޒޯންގެ މުވައްޒަފެއް، މުސާރައަކަށް 20 މިލިއަން ޑޮލަރު

ސްނެޕް ޗެޓުގެ ސީއެފްއޯ އަކަށް އެމެޒޯންގައި މަސައްކަތްކުރި ތަޖުރިބާ ކާރަކު ގެނެސްފިއެވެ.

ވިހި މިލިއަން ޑޮލަރުގެ އަގަކަށް ސްނެޕްޗެޓުގެ ސީއެފްއޯ ގެ މަގާމަށް ހަމަޖައްސާފައިވަނީ 1998 ވަނަ އަހަރުން ފެށިގެން އެމެޒޯންގައި މަސައްކަތްކުރި މުވައްޒަފެއް ކަމަށްވާ ޓިމް ސްޓޯން އެވެ.

ޓިމް އެންމެ ފަހުން އެމެޒޯންގައި އަދާކުރަމުންދިޔައީ ފައިނޭންސްގެ ވައިސް ޕްރެޒިޓެންޓުގެ ވަޒީފާއެވެ. މީގެއިތުރުން އެމްޒޯންގެ ފިޒިކަލް ސްޓޯރުތައް ހިންގުމުގައިވެސް އޭނާ ހަރަކާތްތެރިވިއެވެ.

ސްނެޕްޗެޓުގެ ސީއެފްއޯގެ މަގާމަށް ފައިނޭންސްގެ ދާއިރާގައި ތަޖުރިބާ ހުރި މީހަކު ގެނެސްފައިވާއިރު ފާއިތުވި ދުވަސތްަކުގައި އެ ކުންފުނީގެ ކުރިއެރުން ވަނީ މަޑުޖެހިފައެވެ. އިންސްޓަގްރާމް އާއި ފޭސްބުކްފަދަ ވާދަވެރިން ފަހަތައް ޖައްސައިލާނެ ކަމަށް ބެލެވުނު ނަމަވެސް ސްނެޕް އަށް އަދި ވަނީ ރޭހުގައި ކުރިއަށް އެރޭގޮތް ނުވެފައެވެ.

ސްނެޕް ޗެޓުން އާންމުންނަށް ހިއްސާ ވިއްކަން ފެށި ދުވަސްވަރު އެކުންފުނީގެ އަގު މައްޗަށް ޖެހިލި ނަމަވެސް މިހާރު ހިއްސާގެ ބާޒާރުގައި އެކުންފުނީގެ އަގުވަނީ 35 ޕަސެންޓް ވެއްޓިފައެވެ.

comment ކޮމެންޓް