އެންމެ ދިގު ސްނެޕްޗެޓް ސްޓްރީކު 3000 އިން މަތި

ސްނެޕްޗެޓް ސްޓްރީކަކީ އަދިވެސް ގިނަ ބަޔަކު ދަމަހައްޓާ އެއްޗެކެވެ. ސްޓްރީކް ގެއްލި ދާނެތީ އެ މީހުންނަށް ގުޅައި ސްނެޕް ފޮނުވާ ހިސާބަށް ވެސް ކަންތައް ދެއެވެ. ނަމަވެސް މި ސްޓްރީކް ކިހާ ވަރަކަށް ދެމެހެއްޓޭ ހެއްޔެވެ؟ އަދި ރެކޯޑަކާ ގާތް ކުރޭ ހެއްޔެވެ؟

ގެއްލޭ ފޮޓޯ އަދި ވީޑިއޯ ފޮނުވާ ޕްލެޓްފޯމް ސްނެޕްޗެޓަކީ އަދިވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ޕްލެޓްފޯމެކެވެ. އެއް އިރެއްގައި ގިނަ ބަޔަކަށް ސްނެޕްކޮށް އުޅުނު ނަމަވެސް މިހާރު މި ޕްލެޓްފޯމް މަގުބޫލު ވެފައިވަނީ ގާތް ތިމާގެ މީހުންގެ ދިރިއުޅޭ ގޮތެއް ބަލައި ހެދުމަށެވެ.

އެއާއެކު މި މީހުންނާއެކު ސްޓްރީކް ދަމަހައްޓައެވެ. ސްޓްރީކަކީ ހުއްޓުމެއް ނެތި ދެ މީހަކު އެކަކު އަނެކަކަށް އާންމުކޮށް ފޮޓޯ އަދި ވީޑިއޯ ފޮނުވަން ފެށީމައި އުފެދޭ ނަމްބަރެކެވެ. މި ސްޓްރީކް ކޮންމެ ދުވަހަކާއެކު އިތުރުވާނެއެވެ. އަދި ސްނެޕް ނުކުރާ ދުވަހެއް ދާނަމަ ސްޓްރީކް ގެއްލުމުގެ ފުރުސަތު އޮންނާނެއެވެ. އެއާއެކު ދިގު ސްޓްރީކެއް ދަމަހައްޓަން ބޭނުންވާނަމަ ކޮންމެ ދުވަހަކު މެދުކެނޑުމެއް ނެތި އެކަކު އަނެކަކަށް ސްނެޕް ކުރަން ޖެހޭނެއެވެ.

https://x.com/Dexerto/status/1889311483659440527

ސްޓްރީކް ދިގުވާނީ ސްނެޕް ކުރާ ދުވަސް އިތުރުވާ ވަރަކަށެވެ. އެއާއެކު މިހާތަނަށް އެންމެ ދިގު ސްޓްރީކެއްގެ ރެކޯޑު 3000 އިން މަތިވެއްޖެއެވެ. އެމެރިކާގެ ދެ މީހުން ކަމަށްވާ އެރިންއާއި ކޭޓީ އާ ދެމެދުގައި އޮންނަ ސްޓްރީކަކީ މި ވަގުތުގެ އެންމެ ދިގު ސްޓްރީކެވެ.

ދެބެން ކަމަށްވާ އެރިން އާއި ކޭޓީގެ ދެމެދުގައި އޮތް ސްޓްރީކް ދަމަހައްޓާތާ މިހާރު 10 އަހަރު ވީއެވެ. އެއާއެކު ދެ މީހުންގެ ސްޓްރީކް މިހާރު 3،652 އިން މައްޗަށް ވަނީ އަރާފައެވެ.

ދެ މީހުން ސްޓްރީކެއް ފަށާފައިވަނީ ދެ މީހުންގެ އުމުރުން އެންމެ 15 އަހަރުގައެވެ. އެއަށްފަހު އަދި މިހާތަނަށް ދެ މީހުންގެ ސްޓްރީކް އެންމެ ދުވަހަކު ވެސް މެދުކަނޑާލާފައެއް ނުވެއެވެ.

އެހެންވީމާ ސްނެޕްޗެޓް ބޭނުން ކުރާ މީހުންގެ އެންމެ ދިގު ސްޓްރީކް މި އަދަދާ ގާތް ކުރޭ ހެއްޔެވެ؟ ގާތްކުރާނަމަ އެއީ ކޮން އަދަދެއް ހެއްޔެވެ؟

comment ކޮމެންޓް