އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު މުހައްމަދު ޝަކީލު އެ ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ޝަކީލު އެ މަގާމަށް އައްޔަން ކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު ތިންވަނަ ދުވަހު އެވެ. ޝަކީލު މަގާމުން އިސްތިއުފާ ދެއްވާފައި ވާކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވަނީ ޔަގީން ކޮށްދެއްވައިފަ އެވެ.
މުއާޒް ކުރެއްވި ޓުވީޓެގައި ވިދާޅުވީ ޝަކީލު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އިކޮނޮމިކް މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރައްވާފައި ވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާނު ވެސް ދާދި ފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އޭނާ ވަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްގެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ.
ސުލައިމާން އިލެކްޝަންސްގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމުން އެމަގާމަށް މިހާރު އައްޔަން ކުރައްވާފައި ވަނީ ފެނަކައިގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފެވެ.