ނެސްލޭއިން ކޮފީގެ ބާޒާރުގައި ސްޓާބަކްސްއާ އެކު މަސައްކަތް ކުރަނީ

ކޮފީގެ ބާޒާރަކީ ވާދަވެރި ބާޒާރެކެވެ. އެކި ބްރޭންޑުތަކުގެ ކޮފީ ބާޒާރުގައި ހުންނަ އިރު ކޮފީ ބޯމީހުންގެ ހިތްތަކުގައި ހާއްސަ ގަދަރެއް ދެވިފައިވާ ބްރޭންޑުތައްވެސް އެބަހުއްޓެވެ. މީގެ ތެރެއިން ސްޓާބަކްސްއަކީ ދުނިޔޭގެ އެއްވަނައެވެ.

ކާބޯތަކެތީގެ މާކެޓުގައި އެންމެ ބޮޑު އެއް ކުންފުނި ނެސްލޭއިން ވަނީ ސްޓާބަކްސްއާއެކު ކޮފީ ވިއްކުމަށް އެއްބަސްވެފައެވެ. ނެސްލޭއިން ވަނީ ސްޓާބަކްސްއަށް 7.2 ބިލިއަން ޑޮލަރު ދައްކައި ސްޓާބަކްސްގެ ކޮފީ ވިއްކުމުގެ ހުއްދަ ހޯދައިފައެވެ.

މި އެއްބަސްވުމާއެކު ނެސްލޭ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްޓާބަކްސްގެ ކޮފީ ވިއްކާނެއެވެ. ނެސްކެފޭ އިން މިހާރުވެސް އަންނަނީ ނެސްލޭ އަދި ނެސްޕްރެސޯ ކޮފީ ވިއްކަމުންނެވެ.

ސްޓާބަކްސް އާ ނެސްލޭ އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ނެސްލޭ އިން ހަމައެކަނި ވިއްކާނީ ސްޓާބަކްސްގެ ޕެކެޓުަގއި ބަންދުކޮށްފައި ހުންނަ ކޮފީ އެވެ. ސްޓާބަކްސްގެ ރެޑީ ޓު ޑްރިންކް ޖޫހާއި ކޮފީ ނެސްލޭ އަކުން ނުވިއްކާނެއެވެ.

އެމެރިކާއިން ބޭރުގައި ސްޓާބަކްސްގެ އުފެއްދުންތައް ވިއްކަން ނެސްލޭ އާ އެކު އެއްބަސްވުމަކީ ސްޓާބަކްސް އަށް ލިބުނު ކުރިއެރުމެއް ކަމަށް އެކުންފުނިން ބުނެއެވެ. މިއާއެކު ސްޓަބަކްސްގެ 500 މުވައްޒަފުން ދެން މަސައްކަތް ކުރާނީ ނެސްލޭއާ އެކުއެވެ.

comment ކޮމެންޓް