ބައިކް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ "ދިރާގު ފުރަތަމަ އިންޓަރ ސްކޫލް ބައިކް ޓޯނަމަންޓް 2018" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ސްކޫލްތަކުގެ މެދުގައި ބޭއްވި ފުރަތަމަ ބައިސްކަލް ދުއްވުމުގެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު، މި މުބާރާތުގައި ކުރިއަށް ގެންދިޔަ ތާފާތު 34 އިވެންޓެއްގައި 20 ސްކޫލަކުން 400އަށް ވުރެ ގިނަ ދަރިވަރުން ވާދަކުރިއެވެ.
ނިމިދިޔަ ހަފްތާ ބަންދު (ހުކުރު ހޮނިހިރު)ގައި ހުޅުމާލޭ ރޭސިންގ ޓްރެކްގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ހުރިހާ ގޮތަކުން އެންމެ ކާމިޔާ ސްކޫލަކަށް ހޮވުނީ ސެންޓަރ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)އެވެ. އަދި ދެވަނަ ސްކޫލަކަށް ހުޅުމާލޭ ޣާޒީ ސްކޫލް ހޮވުނު އިރު، ތިންވަނަ ހޯދީ ހިރިޔާ ސްކޫލެވެ.
މުބާރާތުގެ އެންމެ މޮޅު ސްކޫލް ހޮވުމުގައި ބަލާފައި ވަނީ، ޖުމުލަގޮތެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ސްކޫލެވެ. އެގޮތުން ޕޮއިންޓް ދީފައި ވަނީ، ކޮންމެ ރަން މެޑައްޔަކަށް، 30، ރިހި މެޑައްޔަކަށް 20 އަދި ރަންވަންލޯ މެޑައްޔަކަށް 10 ޕޮއިންޓެވެ.
މުބާރާތުގެ ރަން ވަނަތައް:
- 5000 މީޓަރު، 14 އަހަރުން ދަށް އެއްވަނަ:
- ފިރިހެން: އަހްމަދު އަތީކް އާމިރު، ހިރިޔާ ސްކޫލް.
- އަންހެން: ފާތިމަތު ލީމް، ހިރިޔާ ސްކޫލް.
- 5000 މީޓަރު، 16 އަހަރުން ދަށް އެއްވަނަ:
- ފިރިހެން: މުޙައްމަދު ޖައިލަމް، ޣާޒީ ސްކޫލް.
- އަންހެން: މަރިޔަމް ހަޝްމާ ހުސައިން، ޣާޒީ ސްކޫލް.
- 5000 މީޓަރު، 18 އަހަރުން ދަށް އެއްވަނަ:
- ފިރިހެން: މުހައްމަދު އިދާމް ސީއެޗްއެސްއީ.
- އަންހެން: ޝަފްރާ ޝުއައިބު ބިލަބޮންގ ހައި.
- 3000 މީޓަރު، 14 އަހަރުން ދަށް އެއްވަނަ:
- ފިރިހެން: އިސްމާއީލް އިކާން ބިން އަލީ، ހިރިޔާ ސްކޫލް.
- އަންހެން: ޒަޔާން އާސިމް މުހައްމަދު އިމާދުއްދީން ސްކޫލް.
- 3000 މީޓަރު، 16 އަހަރުން ދަށް އެއްވަނަ:
- ފިރިހެން: ޒުނާމް ޖުނައިދު އިމާދުއްދީން ސްކޫލް.
- އަންހެން: ފާތިމަތު މަލޫޝާ އަމީނިއްޔާ ސްކޫލް.
- 3000 މީޓަރު، 18 އަހަރުން ދަށް އެއްވަނަ:
- ފިރިހެން: މުހައްމަދު މާއިޒް މުސްތަފާ، ސީއެޗްއެސްއީ.
- އަންހެން: ޝަފްރާޒް ޝުއައިބް އަލީ، ބިލަބޮންގ ހައި.
- 1000 މީޓަރު، 14 އަހަރުން ދަށް އެއްވަނަ:
- ފިރިހެން: ބާހީ ބަދީއު، ޣާޒީ ސްކޫލް.
- އަންހެން: އައިޝަތު ޝާޔާ ތާޖުއްދީން ސްކޫލް.
- 1000 މީޓަރު، 16 އަހަރުން ދަށް އެއްވަނަ:
- ފިރިހެން: މުޙައްމަދު ޖައިލަމް، ޣާޒީ ސްކޫލް.
- އަންހެން: އައިޝަތު އީޝަލް އަހްމަދު މުޖްތަބާ، އަމީނިއްޔާ ސްކޫލް.
- 1000 މީޓަރު، 18 އަހަރުން ދަށް އެއްވަނަ:
- ފިރިހެން: މުހައްމަދު މާއިޒް، ސީއެޗްއެސްއީ.
- އަންހެން: ޝަފްރާ ޝުއައިބު ބިލަބޮންގ ހައި.
- 200 މީޓަރު، 14 އަހަރުން ދަށް އެއްވަނަ:
- ފިރިހެން: އަހްމަދު އަތީކް އާމިރު، ހިރިޔާ ސްކޫލް.
- އަންހެން: ލިޔާ ޝާޒިން މަންސޫރު، ތާޖުއްދީން ސްކޫލް.
- 200 މީޓަރު، 16 އަހަރުން ދަށް އެއްވަނަ:
- ފިރިހެން: މުޙައްމަދު ޝައުފް ރިޟްވާން، މަޖީދިއްޔާ ސްކޫލް.
- އަންހެން: އައިޝަތު ޝިޒީން އަފްޒަލް، އިސްކަންދަރު ސްކޫލް.
- 200 މީޓަރު، 18 އަހަރުން ދަށް އެއްވަނަ:
- ފިރިހެން: މުހައްމަދު އިދާމް ސީއެޗްއެސްއީ.
- އަންހެން: އާމިނަތު ޝަންމަ ހަބީބު، ސީއެޗްއެސްއީ
ބައިކް މޯލްޑިވްސް އިން ބުނީ، ސްކޫލް ކުދީންގެ ނިމިދިޔަ ބައިސްކަލް މުބާރާތުގެ ތަޖްރިބާއަށް ބަލާފައި ކުރިއަށް އޮތްތާނގައި މިއަށްވުރެ ރަނގަޅަށް މި މުބާރާތް ކުރިއަށް ގެންދާނޭ ކަމަށެވެ. މުބާރާތް ބޭއްވުމަށް، ސްކޫލްތަކުންނާއި ޚާއްސަކޮށް ބެލެނިވެރީންގެ ފަރާތުން ލިބުނު އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.