ވަން ޕްލަސްގެ އާ ފޯނުގައި އެޕަލް އަދި ގޫގުލްއަށް ވުރެ ވަރުގަދަ ފީޗާސް ތަކެއް

ވަން ޕްލަސް6 ގެ ޑިޒައިން ކަމަށް ބެލެވޭ ޑިޒައިނެއް---

އަންނަ މަހުގެ 16 އަކީ ވަން ޕްލަސް ފޭނުންނަށް ބޮޑު ދުވަހެކެވެ. އެ މަރުކާގެ އާ ފޯނު ނެރޭ ދުވަހެވެ. ވަން ޕްލަސްގެ ހަތް ވަނަ ފޯނު މެއި 16ގައި ނެރޭ އިރު މި ފޯނަކީ ސްމާޓް ފޯނުގެ ބާޒާރުގައި ވާދަކުރާނެ މޮޅު ފޯނަކަށް ވާނެއެވެ.

ހަބަރުތައް ބުނާގޮތުން ވަން ޕްލަސް 6ގައި ހިމެނޭ ބައެއް ފީޗާސް ތަކަކީ އައިފޯނު އަދި ގޫގުލްގެ ޕިކްސެލްއާ އަޅާ ބަލާއިރު ވަރުގަދަ ފީޗާސް ތަކަކަށް ވާނެއެވެ. މީޑިއަމް އަދި ހައި އެންޑް ހާޑްވެއާ، ހައި އެންޑް ޑިޒައިން އަދި ލޯ ކޯސްޓް މާކެޓިން އާ އެކު ވަން ޕްލަސް 6 ނެރޭއިރު ސްމާޓް ފޯނުގެ ބާޒާރުގައި މި ފޯނު ކުރި ހޯދާނެ ހާއްސަ ތިން ފީޗާއެއް ހިމެނޭނެ ކަމަށް ވެއެވެ.

އެގޮތުން ފޯނުގެ ހެޑްފޯނު ޖެކުގެ ވާހަކަ ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އައިފޯނުގައި ހެޑްފޯނަށް ހާއްސަ ޖެކެއް މިހާރަކު ނެތެވެ. އެކަމާ ކަންބޮޑުވުން ފާޅުކުރާ މީހުންވެސް އެބަތިއްބެވެ. ވަން ޕްލަސްގެ އާ ފޯނުގައި ހެޑްފޯނު ޖެކެއް ވަނީ ހިމަނައިފައެވެ. ގޫގުލްގެ ޕިކްސެލް 2 ގައިވެސް ހެޑްފޯނަށް ހާޢްސަ ޕޯޓަލް އެއް ނެތުމުން އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ.

އަގުގެ ގޮތުން ބަލާއިރު ވަން ޕްލަސް ފެށިގެން އައި ހައި އެންޑް، ލޯ ކޯސްޓް ފޯނެއްގެ ގޮތުގައެވެ. ނަމަވެސް ފާއިތުވި ދެ އަހަރަށް ބަލާއިރު އެ މަރުކާގެ ފޯނުތަކުގެ އަގު ވަނީ މައްޗަށް ގޮސްފައެވެ. ނަމަވެސް ވަން ޕްލަސްގެ އުފެއްދުންތަކުގެ ކޮލެޓީ އާއި އަޅާބަލާއިރު "ރީޒަނަބްލް" އަގެއްގައި މި ފޯނު ގަންނަން ލިބޭނެއެވެ. ވަން ޕްލަސްގެ އާ ފޯނުގެ ކެމެރާ ވެސް ވަރުގަދަ ވާނެއެވެ. އަގު ހުންނާނީ 650 ޑޮލަރަށް ވުރެ ދަށުގައި ކަމަށް ބެލެވެއެވެ.

ވަން ޕްލަސް އަކީ ސެމްސަންގާ އެޕަލްއަށް ފަހު މާކެޓުގައި އެންމެ އަވަހަށް ވައިގައި ހިފައިލި މަރުކާއެވެ. މި ސަބަބާ ހުރެ، އަދު ވަން ޕްލަސްގެ ފޭނުންގެ އަދަދަށް ބަލައި މި ފޯނަށް ބޮޑު ތަރުހީބެއް ލިބޭނެ ކަަމަށް ބެލެވެއެވެ.

comment ކޮމެންޓް