Sun Online
ފޮޓޯ: އޭޕީ
ފޮޓޯ: އޭޕީ

އަހަރެން ފިކުރާވި އިސްލާމްދީން – އިސްލާމްދީނުގައި ކަނޑައެޅިފައިވާ އަދަބުތައް

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

ތަރުޖަމާ: އަބްދުﷲ ފާރޫޤު ޙަސަން

ޣައިރުމުސްލިމުންގެތެރޭގައި އާއްމުގޮތެއްގައި ފެތުރިފައި އޮންނަ އަދި ފަތުރަމުން ގެންދާ އެއްވާހަކަޔަކީ މުސްލިމުންގެ ރަޙުމުކުޑަކަމުގެވާހަކައެވެ. މުސްލިމުންތެރޭގައި ދެވޭ އަދަބުތަކަކީވެސް ވަހްޝީ އަދަބުތަކެއް ކަމުގެ ވާހަކައެވެ. ވައްކަންކުރާމީހުންގެ އަތްކަނޑާކަމުގެ ވާހެކައެވެ. ޒިނޭ ކުރާ މުހުޞިނުން ރަޖަމުކުރާ ވާހަކައެވެ. މުސްލިމުންގެ ފާތިހުން އެހެނިހެން ދީން ތަކުގެ ފައްޅިތަކަށް ހަމަލަދީ އެތަންތަން މުގުރައިފައިވާ ވާހަކައެވެ. ފައްޅިތަކުގެ ޕުޖާރީންނަށް އަނިޔާކޮށްފައިވާ ވާހަކައެވެ. މި ވާހަކަ ތަކުގެ ނިވަލުގައި މީހުނަށްވިސްނައިދެވޭތޯ މަސައްކަތްކުރަމުން ގެންދަނީ މުސްލިމުންނަކީ ރަޙުމުކުޑަ އަނިޔާވެރީ ބައެއްކަމެވެ.

މިއިލްޒާމުތައް އަޅުވާ މީހުން އެންމެ ފުރަތަމަ ތިމާމެންގެބުރަކަށީގައި ކިތައް ގުދު އޮތްތޯ ބަލައިލާން ޖެހެއެވެ. އަސްލު ޙަޤީޤަތް އެނގޭނީ އޭރުންނެވެ.

* ޗައުލާން (Cholan) ގެ ދަރިފުޅު ޅަގެރިޔެއްކަތިލިއެވެ. މުންނޫސްމަރުތީގެ އަމުރަށް ޗައުލާން އޭނާގެ ދަރިފުޅު ދަންޖެއްސިއެވެ. މިކަމާމެދު ވިދާޅުވަނީ ކީކޭތޯއެވެ؟

* ނުންނަން (Nunnen) އެވެ ކިޔުނު ޝަހެން ޝާހެއްގެ ބަގީޗާގެ ގަހަކުން ކޯރަކަށް މޭވާއެއް ވެއްޓުނެވެ. އެމޭވާ ކޯރުގެއޮއިވަރާއެކު ބެހިގެންދަނިކޮށް ކުޑައަންހެންކުއްޖެއް އެމޭވާހޮވައިގެންނަގައި އެމޭވާކައިލިއެވެ. އެކުށުގެ އަދަބެއްގެ ގޮތުން ޝަހެންޝާހު އެކުއްޖާ ގަތުލުކޮށްލިއެވެ.

* މަޝްހޫރު ޝާއިރު ކަންގީގެ ފައިގެ ތަކަހޮޅިޔެއް ސުނާރެއް ވަގަށް ނެގިއެވެ. އެޙާދިޘާ އާގުޅިގެން ހުރިހާ ސުނާރުން ގަތުލުކުރެވުނެވެ.

* ގަޔާނާސަމަންދަރެވެކިޔުނު ޕުޖާރީއެއް ޚާނުގާހެއްގައި ދިރިއުޅުނެވެ. ސަމްނަރެވެކިޔުނު ޤައުމެއްގެ މީހުން އެ ޚާނުގާހުގައި ރޯކޮށްލަން އުޅުނެވެ. އެކުށުގެ އަދަބެއްގެގޮތުން އެނަސްލުގެ އަށްހާސްމީހުން ދަންޖެއްސިއެވެ.

* އައްޕަރެވެ ކިޔުނު މީހަކު ދީންބަދަލުކުރުމުން އޭނާގެ ގައިގައި ހިލަބަނދެފައި ކަނޑުފެއްތިއެވެ. އޭނާ ސަލާމަތްވެގެން އެއްގަމަށް އައުމުން އުވަފައްލަވަޔަކަށް ފައްތައިލިއެވެ.

* ތަނާލީރާމަން ހިންގައިފައިވާ އަނިޔާވެރި ކަންތައްތަކުގެތެރޭގައި ޝާހީއަމުރު ބަލައިނުގަންނަމީހުން ދިރިތިއްބައި ވަޅުލުމާއި، އެތުގެފައިދަށުލުން ހިމެނެއެވެ.

* ތެމިލްނާޑްގެ ތަރޫމަލާއި އާއި މައިސޫރުގެ ރަސްކަލަކާދެމެދު ހަނގުރާމަހިނގިއެވެ. އެހަނގުރާމައިގައި އަތުލެވުނު ކޮންމެ މީހެއްގެ ނޭފަތްކަނޑައިލިއެވެ. މައިސޫރުގެ ރަސްގެފާނު ބަދަލުހިފުމަށްޓަކައި ތެމިލްނާޑަށް ހަމަލަދީ އަތުލައިގަނެވުން އެންމެންގެ ނޭފަތާއި ތުންފަތްކަނޑައިލިއެވެ. ތެމިލްނާޑުގެ ރަސްގެފާނުވެސް މައިސޫރަށް ހަމަލަދީ ހުރިހާ އަސީރުންގެ ނޭފަތާއި ކަންފަތްކަނޑައިލިއެވެ. (ނައިކު ރަސްރަސްކަލުންގެތާރިޚުން)

* ބުދުތަކަށް ދަރީން ޤުރްބާންކުރުމާއި، ނަދުރުފުއްދުމަށްޓަކައި އިންސާނީ ގުނަވަންތައް ބުދުތަކަށް ހަދިޔާކުރުމަކީ މިހާރުވެސް މިޤައުމުގެކަންކޮޅުތަކުގައި އާއްމު ކަމެކެވެ. މިއީ، މާފުކުރުމާއި އޯގާވެރިކަމުގެ ޢަމަލުތަކެއްތޯއެވެ؟

* ސަލީބަށް އެރުވުމަކީ ހުޅަނގުގައި އާއްމުކަމެކެވެ. އީސާޢަލަހިއްސަލާމްވެސް ސަލީބްކުރަން މަސައްކަތް ކުރެވުނެވެ. ސެއިންޓްޕީޓަރވަނީ އެކޮޅުކޮޅުން އެލުވައި ދަންޖައްސައިފައެވެ.

* ޖޯން އޮފް އާކް ވަނީ ދިރިހުއްޓައި އަންދައިލައިފައެވެ.

* ޖަންގަލީގެތެރެއިން ގެރިބަކަރި ހިފާގޮތަށް އެފްރިކާއިން އިންސާނުން ހައްޔަރުކޮށްގެން ގެންގޮސް ޔޫރަޕުގެ ބާޒާރުތަކުގައިވަނީ ނީލަންކިޔައިފައެވެ. ހުޅަނގުގެތަހްޒީބަކީ މިއީއެވެ.

* ޕްރޮޓެސްޓެންޓު މަޒުހަބު ޚިޔާރުކުރުމުގެ ކުށުގައި އެތައްބަޔެއްގެ ބޯފިސްކޮށް ސިކުނޑި ކުދިކުދިކުރިއެވެ. އެތައްބަޔަކު ދިރިތިއްބައި އަންދައިލިއެވެ.

* ހިޓްލަރވަނީ އެތައްހާސްބަޔަކު ގޭސްޗޭމްބަރުގައި މަރައިފައެވެ.

* މިހާރުވެސް އިންޑިޔާގައި ހިނގާ ދީނީ ފަސާދަތަކުގައި އެތައްބަޔަކުދަނީ ދިރިތިއްބައި އަންދަމުންނެވެ. ވަލީ ޕޫރަމް އާއި، ޖަމްޝީދުޕޫރާއި، ބަލީސާގައި ހިނގައިފައިވާ ހާދިޘާތަކަކީ މީގެ ހެއްކެވެ.

އާދެ މިގޮތުން ބަލާއިރު ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ ތާރީޚުގައިވެސްވަނީ އަނިޔާއާއި ބޭއިންސާފުގެ ޙާދިޘާތަކުގެ ސަބަބުން ލައްޖެހިފައެވެ. ތަފާތު ފަލްސަފާތަކުގެ ބިންގަލުގައި އިންސާނުންނަށްވަނީ ވަޙްޝީ އަނިޔާ ކުރެވިފައެވެ. ހަމައެފަދައިން ރަޙްމާއި އޯގާވެރިކަމުގެ ނަމޫނާތައްވެސް ވަނީ ފެނިފައެވެ. އަނިޔާވެރި ވަޙްޝީ ޚިޔާލުތައް ނައްތައިލައި އޭގެ ބަދަލުގައި ޙަޤީޤީ މާނައިގައި އޯގާވެރިކަމާއި ހަމްދަރުދީގެ އިރުޝާދުދިން ތެދުވެރިދީނަކީ އިސްލާމްދީނެވެ.

ބައެއް ދީންތަކުގައިވަނީ މާތް ކަލާނގެ ސިފަފުޅުތައް ބައިބައިކޮށް އެއިން ކޮންމެ ސިފަފުޅެއް ވަކިކަލާނގެ އަކަށް ހަދައިފައެވެ. ނަމަވެސް އިސްލާމްދީނުގައި މާތްﷲ ސުބްޙާނަހޫ ވަތައާލާ ސިފަކޮށްފައިވަނީ އޯގާވަންތަ، ރަޙްމަތްވަންތަ، ރަޙްމަތްލައްވާ ކަލެއްގެ ގޮތުގައެވެ. އިސްލާމްދީނުގެ ނަބިއްޔާ ދުނިޔެއަށް ވަޑައިގަތުންވެސް ސިފަކޮށްފައިވަނީ ރަހްމަތެއް ކަމުގައެވެ. އަރަހުށިމާތްﷲ ގެ ސިފަފުޅުތަކުގެ ގޮތުގައި ރަހްމާނާއި، ރަޙީމު ވަނީ ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި ތަކުރާރު ކުރައްވައިފައެވެ. އަރަހުށިމާތްﷲ އެދިވޮޑިގެންވަނީ އެކަލާނގެ މިސިފަފުޅުގެ ހިޔަނި އެކަލާނގެ އަޅުތަކުންގެ ކިބައިންވެސް ދެކެވޮޑިގަތުމެވެ.

އިސްލާމްދީން އިރުޝާދުދެނީ އިންސާނާކުރާ ކޮންމެކަމެއްވެސް ރަޙްމާނުވަންތަ، ރަޙީމުވަންތަ ﷲގެއިސްމުފުޅުން ފެށުމަށެވެ. އިސްލާމްދީންވަނީ ސަލާމް އާއްމުކުރުމަށް ނިހާޔަތަށް ބާރުއަޅައިފައެވެ. އޭގެ މަޤްސަދަކީވެސް ރަޙްމާއި، އޯގާވެރިކަމާއި، ސަލާމާތްތެރިކަމަށް ބާރުއެޅުމެވެ. ޙަޤީޤީމުސްލިމަކަށްވަނީ އަނެކުންނަށް އޯގާވެރިވެ ރަހްމުކޮށް ހަމްދަރުދީވެގެންނެވެ. ކީރިތިޤުރްއާން އުނގަންނައިދޭގޮތަކީ މިއީއެވެ. ބަޔަކު އޯގާވެރިކަމުގެ މަގުން ކައްސައިލިކަމުގައިވިޔަސް އިސްލާމްދީނުގެ އިރްޝާދަކީ އަވަހަށް އެމަގަށް އެނބުރި އައުމެވެ.

ތުރުކީގެ ރަސްކަލުންގެތެރޭގައި ސަލީމެވެ ކިޔުނު ރަސްކަލަކު ހުންނެވިއެވެ. ސަލީމް ރައްޔިތުންނާ ކުރިމަތިލައްވަނީ ވަރަށްބާރުވެރި ގޮތެއްގައެވެ. ތުރުކީންގެބާރުހިނގާ ހުރިހާތަނެއްގައި އެއްބަހެއް އާއްމުކުރައްވައި އެއް މަޒްހަބެއް ފަތުރުއްވަން އޭނާ ބޭނުންފުޅުވިއެވެ. ނަމަވެސް އޭރު ތުރުކީގައި ހުންނެވި ޝައިޚުލް އިސްލާމް އެކަމާ ވަރަށް ވަރުގަދަޔަށް ދެކޮޅުހައްދަވައި އެޚިޔާލުދޫކޮށްލައްވަން ސަލީމަށް މަޖްބޫރު ކުރެއްވިއެވެ.

ޖަނަވާރާއި، ދޫނިސޫފާސޫފި ތޮޅުވުމަކީވެސް ވަރަށްގިނަ ޤައުމުތަކުގައި އާއްމު ކުޅިވަރެކެވެ. ނަމަވެސް އިސްލާމްދީން އެކަންވެސް ވަރަށްބޮޑަށް ކުށްވެރިކޮށް އެކަންމަނާ ކުރިއެވެ.

ޢަދިއްޔު ބިން ޙާތިމު ރަޟިޔަﷲޢަންހު ހިނިތަކަށް ކާންދެއްވިއެވެ. އެއީވެސް އިސްލާމްދީން ގޮވައިލާ ރަޙްމާއި، ހަމްދަރުދީ އާއި އޯގާވެރިކަމުގެ ގޮވައިލުމުގެ އަސަރެވެ. އިސްލާމްދީނުގައި ޖަނަވާރުތަކަށްވެސްވަނީ މަގުމަތީގައި ހިނގައިބިނގައި އުޅުމުގެ ޙައްޤުދީފައެވެ. އެތަކެތި މަގުމަތީން ފައްސައި އެއްފަރާތެއް ނުކުރެވޭނެއެވެ. މިބާވަތުގެ ޙާދިޘާތައް އިސްލާމީ ތާރީޚުގައި ވަރަށްގިނައެވެ. ޖަމަލުތަކަށް އެކަށީގެންނުވާ ވަރަށް މުދާނާރުވަންވެސް އިސްލާމްދީންވަނީ އަމުރުކޮށްފައެވެ. ތިންމީހަކު ޖަމަލެއްގެ މައްޗަށް ސަވާރުވެއްޖެނަމަ އެކަކު ބާލަންވެސް އިސްލާމުދީނުގައިވަނީ އަމުރުކޮށްފައެވެ.

ތެދެކެވެ. އޯގާވެރިކަމާއި، ހިތްހެޔޮކަމާއި ކުލުނު ބެހެއްޓުމަށް މިހައި ވަރުގަދަޔަށް އިރުޝާދުދޭ އިސްލާމް ދީނުގައިވަނީ ބޮޑެތި ޖަރީމާތަކަށް އަރައިގަންނަކުށްވެރީންނަށް ހަރުކަށިކަށި އަދަބުދިނުމަށް ބާރުއަޅައިފައިވެއެވެ. ޝައްކެއްނެތެވެ. އިސްލާމްދީންވަނީ ވައްކަން ކުރާމީހުންގެ އަތްކަނޑަށް އަމުރުކޮށްފެއެވެ. (ލޫޓުވުމާއި ފޭރުން މަނާކޮށް މީހުންގެ ފުރާނަތަކާއި މިލްކިއްޔާތު ޙިމާޔަތްކޮށްދިނުމަށްޓަކައެވެ. ) އިސްލާމްދީނުގެ މިހުކުމުގެ ހެޔޮނަތީޖާ އިސްލާމީ ޝަރީޢަތް ތަންފީޒުކުރާ އިސްލާމީ ޤައުމުތަކުން އެހެރީ ދިމާޔަށް ހާމަވެ ފެންނާށެވެ. އެޤައުމުތަކުގައި ވައްކަމުގެ ހާދިޘާއެއް ހިނގައިފައިވަނީ ވަރަށް ނާދިރު ގޮތެއްގައި ވަރަށް މަދުންނެވެ. (ޤާތިލުންގެ ކިބައިން ގިސާސު ހިފުމަކީވެސް މީހުންގެ ފުރާނަ ރައްކާތެރިކޮށް މީހުންމެރުން ހުއްޓުވާކަމެއްކަން ތަޖްރިބާއިންވަނީ ސާބިތުވެފައެވެ.)

އަރަބިޤައުމުތަކުގައި ޤާތިލުންގެ ކިބައިން ޤިސާސު ހިފަނީ ކަނޑީން ކަނދުރާ ބުރިކޮށްލައިގެންނެވެ. އެހެނިހެން ޤައުމުތަކުގައި ދަންޖައްސައިގެންނާއި ކަރަންޓުގައި ޖައްސައިގެން މީހުން މަރައެވެ. ދަންޖެއްސުމާއި، ކަރަންޓުގައި ޖެއްސުމުން މީހުން މަރުވަނީ ވަރަށްބޮޑު ވޭނާއި ކެކުޅުން ލިބިގެންނެވެ. އެހެންކަމުން ކަނދުރާގައި ކަނޑީންޖަހައިގެން މަރުގެ އަދަބުދިނުމަކީ މާބޮޑަށް ތަރުޖީހު ދޭންޖެހޭ ގޮތެކެވެ.

(މިދުނިޔޭގައި އިންސާނުން އާބާދުވިއްސުރެ އިންސާނުން ދިރިއުޅެމުން އަންނަނީ ކޮންމެވެސް ސިފައެއްގައި ޤާނޫނަކަށް ތަބާވެގެންނެވެ. އިންސާނުންކުރެ އެތައްބަޔެއްގެ ޒަމީރު މަރުވެއެވެ. މާތްﷲގެ ރަސްކަންފުޅާ މެދުވެސް އެތައްބައެއްގެ ހިތްތަކުގައި ބިރުވެރިކަމެއްނޯވެއެވެ. ޤާނޫނުގެ ބާރުފިޔަވައި އެހެން އެއްވެސް ބާރަކަށް އެފަދަ މީހުންގެ އަތްތަކެއް ނުހުއްޓުވެއެވެ. އެހެންކަމުން އިސްލާމްދީންވެސްވަނީ ބައެއްބާވަތު ބޮޑެތި ކުށްތަކަށް ޖިސްމާނީ އަދަބު ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި މީހުންމެރުމާއި، ވައްކަންކުރުމާއި، ޒިނޭކުރުމާއި، ގަޒުފުކުރުމާއި، ރާބުއިމާއި، މަގުފޭރުންފަދަ ކުށްތައް ހިމެނެއެވެ. މިފަދަ އަދަބުތަކަށް އިސްލާމީ އިސްޠިލާހުގައި ދީފައިވާ ނަމަކީ ހައްދެވެ. ހައްދުޤާއިމުކުރުމެވެ.

ތަޖުރިބާއިން އެނގިފައިވާގޮތުގައި މުޖްރިމުންނަށް އެންމެބޮޑަށް އަސަރުފޯރަނީ ޖިސްމާނީ އަދަބުތަކުންނެވެ. ގޭގައި ބަންދުކުރުމާއި، އަރުވައިލުމާއި، ޖަލަށް ލުންފަދަ އަދަބުތަކަކުން ކުށްވެރިންގެ ކިބައިގައި ކުށަށް އަރައިނުގަތުމުގެ ނަފްސިއްޔާތެއް ނުއުފެއްދެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ޖަލުގައިބަންދުކުރެވޭ މީހުން އުޅެނީކުށްވެރީންގެ އެކުވެރިކަމުގައެވެ. ނަތީޖާއަކަށް ވަނީ ކުށްވެރިންގެ ކުށްކުރުމުގެ ޤާބިލިއްޔަތު އިތުރުވުމެވެ. 1960 ވަނަ އަހަރު މިސުރުގައި އާއްމު ކުރެވުނު ޖަރީމާތަކުގެ ތަފާސް ހިސާބުގައިވާގޮތުން އެއަހަރު މިސުރުގައި ހިނގައިފައިވަނީ ވައްކަމުގެ 7419 މައްސަލައެވެ. އޭގެތެރޭގައި ހިމެނެނީ އަލަށް ވައްކަންކުރި އެންމެ 25 މީހެކެވެ. ދެންތިބި އެންމެނަކީވެސް ތަކުރާރުކޮށް އެތައް ފަހަރަކު ޖަލުގެ އަދަބުތަޖުރިބާކޮށްފައިތިބިމީހުންނެވެ. މިޔާ ޚިލާފަށް ޖިސްމާނީ އަދަބުތަކުންވަނީ ކުށްމަނާކުރުމަށް ވަރަށްބޮޑަށް ބާރުލިބިފައެވެ. ސައުދީ އަރަބިއްޔާގެ ތާރިޚަށް ބަލާއިރު 1974 އާހަމަޔަށް ވައްކަންކޮށްގެން އަތްކަނޑާން ޖެހުނީ މުޅިއަކު ބާރަމީހުންގެ އެވެ. ލިބިޔާގައި އިސްލާމީ ޝަރީއަތު ތަންފީޒު ކުރި ދުވަސްވަރު ތިންއަހަރުގެތެރޭގައި އަތްކަނޑާންޖެހުނީ އެންމެ ހަމީހެއްގެ އެވެ.

އާދެ، އިސްލާމީ ހުދޫދުތަކުގެ މަޤްސަދަކީ އެއްވެސް ހާލެއްގައި އަނިޔާވެރިވުމެއްނޫނެވެ. އަދިކީއްތޯއެވެ؟ އިންސާނާ ކުށަށް އަރައިގަތުމުގެކުރިން ސަތޭކަފަހަރު އެކަމަށް ވިސްނާން މަޖްބޫރު ކުރުވުމެވެ. ކުށަށްއަރައިގަތުމަށް ޖެހިލުންވާފަދަ ބާރުހުރި ޤާނޫނުތަކެއް އެކަށަ އެޅުމެވެ. ހަމައެއާއެކު ސާފު، ތެދުވެރި، އީމާންތެރި ޒިންމާދާރު މުޖްތަމައެއް ބިނާކުރުމެވެ. )

infinity loading...
×
DB released 01.