އެހެލާފައި އޮތް ބާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ

ހުޅުމާލެ ފޭސް 2 ގައި އެހެލާފައި އޮތް ބާޖުގައި ރޯވެ އަނދަނީ--ފޮޓޯ/އެމްއެންޑީއެފް

ހުޅުމާލޭ ފޭސް ދޭއްގައި އެހެލާފައި އޮތް އޮތް ބާޖެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލުކުރުމަށް ސިފައިން ހަރަކާތްތެރިވަމުން އެބަ ދެއެވެ.

ސިފައިންގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރޯވެފައިވަނީ އެ ސަރަހައްދުގައި އޮތް ބައު ބާޖެއްގައި ކަމަށެވެ.

މިއަދު މެންދުރު 12:07 ހާއިރު ލިބުނު އެ ރިޕޯޓާއި ގުޅިގެން އަލިފާން ނިއްވަން ސިފައިން ހަރަކާތެރިވަމުން އަންނަ އިރު، ބާޖުގައި ރޯވި އަލިފާންގަނޑުގެ 90 ޕަސަންޓު މިހާރު ކޮންޓްރޯލު ކުރެވިފައި ވާކަމަށް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

ބާޖުގައި ރޯވެ އަނދަމުންދަނިކޮށް ހުޅުމާލެ އެމްޕީއެލް ސަރަހައްދުގައިވަނީ އިތުރު އަލިފާނުގެ ހާދިސާއެެއް ހިނގާފައެވެ.

އެ ސަރަހއްދުގައި އޮތް ކެރޭނެއްގައި ރޯވި އަލިފާންގަނޑު ސިފައިންވަނީ ކޮންޓްރޯލް ކޮށްފައެވެ.

comment ކޮމެންޓް