ތިޖޫރީއެއް ފަޅާލަން އުޅުނު ދެ މީހަކު ހައްޔަރު ކޮށްފި

ހުޅުމާލޭގައި ހުންނަ އޮފީހެއްގެ ތިޖޫރީއެއް ފަޅާލަން އުޅުނު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެމީހުން ހައްޔަރު ކުރީ، ހުޅުމާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުން އަންނާތީ ހުޅުމާލޭ ޕޮލިސްއިން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ކަމަށެވެ.

އެމީހުން ހައްޔަރު ކުރީ ފުލުހުންނަށް ރޭ ދަންވަރު 03:10ގައި ލިބުނު މަޢުލޫމާތަކާ ގުޅިގެން އެއޮފީހަށް ދިޔައިރު، ތިޖޫރި ހަލާކުކޮށްލުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމީހުން އެވަގުތު ތިބި ތަނުން ތިޖޫރި ހަލާކުކޮށްލުމަށް ޓަކައި ބޭނުންކުރަމުން ދިޔަ ބައެއް އާލާތްތައް ވެސް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް