މިފަހަރު އެކްސިޑެންޓު ހިނގީ ކުއްތާއެއްގެ ސަބަބުން

އިލެކްޓްރިކް ޓްރައިސައިކަލް އެއްގައި އިން ކުއްތާ އެއްގެ ސަބަބުން އެކްސިޑެންޓެއް ހިނގައިފި އެވެ.

ޗައިނާ ގައި ހިނގި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ޓްރައިސައިކަލުގެ ވެރިމީހާ އެ އުޅަނދު ރަނަގޅަށް ތަޅުނުލައި ދިއުމުން އެގައި އިން ކުއްތާ އުޅަނދުގެ ކޮންޓްރޯލު ނެގުމެވެ. ހާދިސާ ހިނގި އިރުގެ ވީޑިއޯއެއް އާންމުވެފައިވާ އިރު މި ހާދިސާގައި މޯބައިލް ފޯނު ވިއްކާ ފިހާރައެއްގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ އެވެ.

ހާދިސާ ހިނގި އިރު ފިހާރައިގެ ބިއްލޫރިގަނޑު ކައިރީ އަންހެނަކު ހުރި ކަމަށާއި ހާދިސާގައި ގެއްލުމެއް ނުވެ އޭނާ ސަލާމަތްވީ ކިރިޔާ ކަަމަށް ހަބަރުތައް ބުނެ އެވެ. މި އެކްސިޑެންޓުގައި ޓްރައިސައިކަލް ތެރޭ އިން ކުއްތާ އަށް ވަނީ ޒަހަމްތަކެއް ލިބިފަ އެވެ. އެކްސިޑެންޓު ހިގި އިރު އުޅަނދުގެ ވެރިމީހާ ހުރީ މަގުގެ އަނެއް ފަރާތުގައި ހުރި މޭވާ ވިއްކާ ފިހާރައެއްގަ އެވެ.

އާރްޓީ

comment ކޮމެންޓް