ރާއްޖޭގެ އިވެންޓް މެނޭޖްމެންޓް އެންޑް ޕީއާރު ކުންފުނި ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ އެފްއެންޑްބީ ޝޯ މި ފެށޭ މެއި މަހުގެ ތިނަކުން ފަހަކަށް އޮންނާނެއެވެ.
ކާބޯތަކެއްޗަށް ޚާއްސަކޮށްގެން ބާއްވާ އެފްއެންޑްބީ ޝޯ ބާއްވާ މިއީ ތިންވަނަ އަހަރެވެ. މިއަހަރުވެސް މި އިވެންޓްގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން މީޑިއާ ގްރޫޕެވެ. މިދިޔަ ދެ އަހަރުވެސް އެފްއެންޑްބީ ޝޯގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި ހަރަކާތްތެރިވީ ސަން މީޑިއާއެވެ.
ހައިރައިޒްގެ މާކެޓިންގް މެނޭޖަރު މާއިޝާ ޝުޖާއު "ސަން"އަށް ވިދާޅުވީ މިފަހަރުވެސް އެފްއެންޑްބީ ޝޯގައި ތަފާތު ކަންތައްތަކެއް ކުރިއަށް ދާނެ ކަމަށެވެ.
"ލަކީޑްރޯތަކާއި، ފުޑް ޓޭސްޓިންގްއާއި ބައިވަރު ޕްރޮޑަކްޓްސް ފެނިގެން ދާނެ. އޭގެ ތެރޭގައި މާލޭގެ މާކެޓުގައި އެވެއިލަބަލް ގިނަ ޕްރޮޑަކްޓްތަކާއި ރޯދަ މަހަށް ޚާއްސަ ޕްރޮމޯޝަންތައްވެސް އޮންނާނެ،" މާއިޝާ ވިދާޅުވިއެވެ.
މިއަހަރުގެ އެފްއެންޑްބީ ޝޯގެ މެއިން ސްޕޮންސަރަކީ ސަނީ އެންޓަޕްރައިޒަސްއެވެ. ކޯ ސްޕޮންސަރުންނަކީ މޯލްޑިވް ގޭސްއާއި އެސްޓްރަބޮންއެވެ.
ސަން މީޑިއާ ގްރޫޕުގެ ޗީފް އޮޕަރޭޓިންގް އޮފިސަރު މިންހާ ފާއިޒް ރަޝާދު ވިދާޅުވީ ރައްޔިތުންނާ މިހާ ގުޅުންހުރި ހަރަކާތެއްގައި ސަން އިން ބައިވެރިވުމަށް ފުރުސަތު ލިބުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި ރޯދަ މަހަށް ތައްޔާރުވަމުން ދާ އިރު، މިކަހަލަ އިވެންޓްތަކުގެ ބޭނުން ވަރަށް ބޮޑު. ހެޔޮ އަގުގައި ކާބޯތަކެތި އެއް ތަނަކުން ލިބުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،"
މިންހާ ވިދާޅުވީ ހައިރައިޒުން ސަންއާ މެދު އަބަދުވެސް ބާއްވަމުން ގެންދާ ގާތްކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ސަންގެ ބިޒްނަސް ޓީމުން އެފްއެންޑްބީ ޝޯއާ ގުޅުންހުރި ޚަބަރުތައް ކިޔުންތެރިންނާ ބެލުންތެރިންނާ ހަމައަށް ވަރަށް ގާތުން ގެނެސްދެމުން ގެންދާނެ. މި ފުރުސަތުގައި ސަންގެ ބިޒްނަސް ޓީމުން ކުރަމުންދާ މަސައްކަތްވެސް ފާހަގަކޮށްލަން،" މިންހާ ވިދާޅުވިއެވެ.
މިއަހަރުގެ އެފްއެންޑްބީ ޝޯގެ ޕާޓްނަރުން
- ބެވަރެޖް ޕާޓްނަރ: ކޮކާ ކޯލާ
- ސައުންޑް އެންޑް ލައިޓްސް: ޔުނިކާ
- ޑިޖިޓަލް ކޮމިއުނިކޭޝަންސް ޕާޓްނަރ: ދިރާގު
- އޮންލައިން މީޑިއާ ޕާޓްނަރ: ސަން އޮންލައިން
- ޕަބްލިކޭޝަންސް ޕާޓްނަރ: ދަ އައިލެންޑް ޗީފް
- ޕްރިންޓިންގް ޕާޓްނަރ: މޮނާކް
- ސެޓަޕް ޕާޓްނަރ: އަސަރީ ސާވިސެސް
- ސެކިއުރިޓީ ސާވިސެސް: އެސެޕް
- ބްރޯޑްކާސްޓިންގް ޕާޓްނަރ: ރާއްޖެޓީވީ