ނެރަށް އުރުމުގެ ދެ ހާދިސާ އަކާ ގުޅިގެން އެމްއެންޑީއެފުން އެހީފޯރުކޮށްދޭން ފަށައިފި

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

ނެރަށް އުރުމުގެ ދެ ހާދިސާ އަކާ ގުޅިގެން އެމްއެންޑީއެފް އިން އެހީފޯރުކޮށްދޭން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ "ރޭޝަމް" ނަމަކަށް ކިޔާ 70 ފޫޓުގެ މި ދޯނި އދ. ހަންޏާމީދޫ ނެެރުމައްޗަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ދޯނީގައި އަށް ދިވެހިން ތިބި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

ދޯނި ނެރަށް އަރައިގެން އެމްއެންޑީއެފްގެ އެހީއަށް އެދިފައި ވަނީ މިއަދު ހެނދުނު އަށެއް ޖަހާއެހާކަންހާއިރު ކަމަށާއި ދޯނި ނެރަށް އެރީ އިއްޔެ ކަމަށެވެ.

ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ގުޅިގެން ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

މީގެ އިތުރުން ބ. އަތޮޅު ސޮނެވާފުށިން ފުރައިފެން އޭދަފުއްޓަށް ދަތުރުކުރި "ކީސާ" ނަމަކަށް ކިޔާ 90 ފޫޓުގެ ދޯންޏެއް އޭދަފުށީ ނެރަށް އަރައިގެން އެމްއެންޑީއެފް ނަދަން އޭރިއާ އިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ. މި ހާދިސާ އާ ގުޅޭ އިތުރު ތަފްްސީލު އަދި ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް