ސީރިއާ ހަމަލާއާ އެކު އިނގިރޭސި ބޮޑުވަޒީރުގެ ފިރިކަލުންގެ ކުންފުންޏަށް ފައިދާގަނޑެއް!

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ. ސީރިއާގެ ހަމަލާއާ އެކު އިނގިރޭސި ބޮޑުވަޒީރުގެ ފިރިކަލުންގެ ކުންފުންޏަށް ވަނީ ބޮޑު ފައިދާގަނޑެއް ލިބިފައި-- ފޮޓޯ: އޭޕީ

ލަންޑަން (18 އޭޕްރީލް): އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ސީރިއާ އަށް ދާދިފަހުން ދިން ހަމަލާއާ އެކު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭގެ ފިރިކަލުން ފިލިޕް މޭގެ ކުންފުންޏަށް ބޮޑު ފައިދާގަނޑެއް ލިބިއްޖެ އެވެ.

ފިލިޕް މޭއަަކީ އިނގިރޭސިވިލާތުގެ އިންވެސްޓުމަންޓް ފާމްއެއް ކަމަށްވާ ކެޕިޓަލް ގްރޫޕްގެ ސީނިއާ އެކްޒިކުއިޓިވްއެކެވެ. އެ ކުންފުންޏަކީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ހިއްސާއޮންނަ ކުންފެންޏެއް ވެސް މެެއެެ ވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ޑިފެންސް ކުންފުނިކަމަށްވާ ލޮކް ހީޑް މާޓިން ހިމެނެ އެވެ.

ލޮކް ހީޑް މާޓިންގެ ދެވަނައަށް އެންމެ ބޮޑު ހިއްސާ އޮންނަނީ ވެސް ކެބިޓަލްގްރޫޕްގަ އެވެ.

އޭގެ އިތުރުން ހަތިޔާރު އުފައްދާ ކުންފުންޏެއް ކަމަށްވާ ބީއޭއީ ސިސްޓަމްގެ އެންމެ ބޮޑު ހިއްސާދާރަކީ ވެސް ކެޕިޓަލް ގްރޫޕެވެ.

ސީރިއާއާއަށް ދިން ހަމަލާތަކުގައި އިނގިރޭސިވިލާތުން އަށް "ސްޓޯމީ ޝެޑިއުލް" މިސައިލް ފޮނުވާލައިފައިވެ އެވެ. އޭގެ އަގު ނުވަ މިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ.

ސީރިއާއަށް ދިން ހަމަލާތަކާ އެކު ލޮކްހީޑް މާޓިންގެ ހިއްސާގެ އަގު ވެސް ވަނީ މައްޗަށް ޖެހިލައިފަ އެވެ. އެހެންކަމުން ސީރިއާއަށް ދިން ހަމަލާތަކާ އެކު އެ ކުންފުންޏަށް ބޮޑު ފައިދާއެއް ލިބޭނެ އެވެ.

ދާދި ފަހުން ލީކުވި ޕެރަޑައިޒް ޕޭޕާސްގައި ވެސް ތެރީސާ މޭގެ ފިރަކަލުންގެ ކުންފުނި ވަނީ އޮފްޝޯ އެކައުންޓުތައް ވަގަށް ގެންގުޅޭ ކުންފުނިތަކުގެ ތެރޭގައި ހިމެނިފަ އެވެ.

މަސްދަރު: ރަޝިއާ ޓުޑޭ

comment ކޮމެންޓް