ކޭބަލަކަށް ގެއްލުންވެ ފުވައްމުލަކު ބޮޑުބަޔަކުން ކަރަންޓް ކެނޑިއްޖެ

ޏ.ފުވައްމުލައް: އެ ރަށުގެ ބޮޑު ބަޔަކުން ވަނީ ކަރަންޓް ކެނޑިފަ ----

ބިމު އަޑީގައި ވަޅުލާފައި އޮތް ކަރަންޓު ކޭބަލަކަށް ގެއްލުންވެ، ފުވައްމުލަކު ސިޓީގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައިވާ ކަމަށް އެ ރަށުގައި ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ބުނީ ކަރަންޓް ކޭބަލަށް ގެއްލުންތަކެއް ލިބުނީ ފުވައްމުލަކު ސިޓީގެ ދޫޑީގަމް އަވަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމު ކުރަމުންދާ ސްރީލަންކާގެ ސިއަރާ ކޮންސްޓްރަކްޝަން ކުންފުނީގެ ފަރާތުން ހޮޅި ވަޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އެ މަސައްކަތުގައި ހައި ވޮލްޓޭޖް ކޭބަލްގެ ދެތަނަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

އެ މައްސަލަ ހައްލުކޮށް ރަށަށް ކަރަންޓު ދިނުމުގެ މަސައްކަތް ފެނަކައިގެ އިންޖިނިއަރުންގެ ޓީމުން ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވީ މިއަދު ހެނދުނު ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓް ކެނޑިފައިވަނީ ދޫޑިގަމް އަވަށުގެ ބޮޑުބަޔަކުން ކަމަށެވެ.

comment ކޮމެންޓް