ޔޫތު ސިޓީ ފުޓްސަލް ކަޕް: އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގައި މިއަހަރު 136 ޓީމު

މިދިޔަ އަހަރުގެ މުބާރާތުގެ ތެރެއިން: މިއަހަރުގެ މުބާރާތުގައި ފިރިހެން އަދި އަންހެން ބައި ކުރިއަށްދާނެ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގޮތުގައި މިހާރު ފާހަގަކޮށްލެވޭ އެޗްޑީސީ ކަޕް ނުވަތަ ޔޫތު ސިޓީ ފުޓްސަލް ކަޕްގައި މިއަހަރު ޖުމްލަ 136 ޓީމު ބައިވެރިވެއްޖެއެވެ.

މިއީ ޔޫތު ސިޓީ ފުޓްސަލް ކަޕް ބާއްވާ ދެވަނަ އަހަރެވެ. ހުޅުމާލޭގައި ބާއްވާ އެ މުބާރާތުގައި މިދިޔަ އަހަރު ހަމައެކަނި ފިރިހެން ބައި ކުރިއަށްދިޔަ ނަމަވެސް، މިއަހަރުގެ މުބާރާތުގައި ފިރިހެން އަދި އަންހެން ބައި ކުރިއަށްދާނެއެވެ.

މިދިޔަ އަހަރުގެ ޔޫތު ސިޓީ ފުޓްސަލް ކަޕްގައި ބައިވެރިވެފައިވަނީ 108 ޓީމެވެ. މިއަހަރު ފިރިހެން 120 ޓީމު ބައިވެރިވެފައިވާ އިރު، އަންހެން 16 ޓީމު ބައިވެރިވެފައިވެއެވެ. މިމަހުގެ 20 ވަނަ ދުވަހު ފަށާ އެ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު، ފަރުކޮޅުފުށީގައި މިރޭ ކުރިއަށްދާނެއެވެ.

އެ މުބާރާތުގެ ފިރިހެން ބައި ކުރިއަށްދާނީ ނޮކްއައުޓް އުސޫލުންނެވެ. ފުރަތަމަ ބުރުގައި 60 މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ މެޗުތަކުން މޮޅުވާ 30 ޓީމު ދެވަނަ ބުރުގައި ވާދަކުރާނެއެވެ. އެ 30 ޓީމުގެ ތެރެއިން 15 ޓީމަށް ގަދަ 16 އިން ޖާގަ ލިބޭ އިރު، އަނެއް ޖާގަ ލިބޭނީ އެ މެޗުތަކުން ބަލިވާ 15 ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމެވެ. އެ ޓީމު ހޮވުމުގައި ގެންގުޅޭ އުސޫލުތަކުގެ ތެރޭގައި ޖެހި ގޯލާއި، ވަން ގޯލުގެ އަދަދަށް ބަލާނެއެވެ. އޭގެ އިތުރުން ޕެނަލްޓީ ޝޫޓްއައުޓުން ބަލިވާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ޓީމަށް އެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

ފިރިހެން ބައިގެ ގަދަ 16ގެ މެޗުތައް ކާމިޔާބުކުރާ ޓީމުތަކަށް ކުއާޓާ ފައިނަލުގެ ޖާގަތައް ލިބިގެންދާ އިރު، ކުއާޓާގެ މެޗުތައް ކާމިޔާބުކުރާ ޓީމުތައް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ފައިނަލުގައި ވާދަކުރާނީ ސެމީގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމެވެ.

އެ މުބާރާތުގެ އަންހެން ބައި ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ތިން ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ އިރު، އަނެއް ގްރޫޕުގައި ހިމެނޭނީ ތިން ޓީމެވެ. ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، ކޮންމެ ގްރޫޕެއްގެ ވެސް ގަދަ ދެ ޓީމު ދަތުރުކުރާނީ ކުއާޓާއަށެވެ. ކުއާޓާގެ މެޗުތަކުން މޮޅުވާ ޓީމުތައް ސެމީގައި ވާދަކުރާ އިރު، ފައިނަލުގައި ވާދަކުރާނީ ސެމީގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ވަނަވަނައަށް ހޮވުނު ޓީމުތަކަށް ދިން ފައިސާގެ އިނާމުތަކަށް ވުރެ، މިއަހަރުގެ ފައިސާގެ އިނާމުތައް ބޮޑެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 80,000 ރުފިޔާ، ރަނަރަޕް ޓީމަށް 40,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް ދީފައިވަނީ 20,000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އެހެންކަމުން މިދިޔަ އަހަރުގެ ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ ދީފައިވަނީ 140,000 ރުފިޔާއެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ބައިގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ބައިގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ދޭނެއެވެ.

ފިރިހެން ބައިގައި ބައިވެރިވެފައިވާ ޓީމުތައް:

ރާޅު، މަޑަވެލި ރަޓު ޓީމު، ޑީ ސީ ޖޭ، މައްޗަންގޮޅި ޒުވާނުންގެ ގުޅުން (އެމްޒެޑްޖީ)، ލާމު ޔޫތު ކްލަބު (އެލްވައިސީ)، ސިކްސް ސިގްމާ، ހުޅުމާލެ ސްޕޯޓްސް ކްލަބު، ކޮބާ ކީން، ޓީމް އިނގުރައިދޫ، ސްޕޯޓިން އެކްސިއޯން، ޓީމް #އެފްސީއޯއީ، އެސްއީއެސް އެފްސީ، ހަނިމާދޫ ފުޓްސަލް ޓީމް (އެޗްއެފްޓީ)، ޓީމް އާރްސީސީ، އެފްސީ ރުމާލު އެކްސް، ތިނަދޫ ފުޓްސަލް ޓީމް، ފެލްކޮން ސްޕޯޓްސް ކްލަބު، އެފްސީ ބެންޑިތުސް، ފްލެޓް ވީއެންޑީޕީ، ނޮއޭނާ، ތިމަރަފުށި ފްރެންޑްލީ ޕްލޭޔާސް އެސްސީ، ބެންޗް އެސްސީ، ޓީމް އެޗްއެފްސީ، އެލް-އެވެންސް، ޓީމް ބީވައި އެސްސީ، ފްލެޓް 7، ލެއިޓް ވުލްފް ޔުނައިޓެޑް، ޑެ ލީގާ އެފްސީ، މަޒީނޯ އެފްސީ، އެލްޕީ ޔުނައިޓެޑް، ރޮކް ސްޓްރީޓްސް ކްލަބު، ހައި ވޮލްޓޭޖް، ނިއު ލައިފް، ފިނޯމިނަލްސް، އެފްސީ ޓަވަރ، އެފްސީ އެލަޕިސޯ، އެޕޮކަލިޕްސް، އޮމަދޫ އެފްސީ، ކްލަބު ގްރީން ސްޓްރީޓްސް، ޕްރޯ ފްރެންޑްސް، މެޖިސްރާ އެފްސީ، އެފްސީ ހަނދު، ސްޓެލްކޯ، ދަނޑު ގޯޅި އެސްސީ، ޓީއެފްސީ، އެފްސީ ފޯ މޫންސް، ޔަންގް ސްޓާސް، އެފްސީ އިންތަ އިންތަ، ލ. ގަން ފުޓްސަލް ކްލަބު، ޔޫތު ރިވޮލިއުޝަން ކްލަބު (ވައިއާރްސީ)، ޑެލްޓާ، ކްލަބު ސިވިކް، ހިތާދޫ ފުޓްސަލް ޓީމު، ބަލިވީ ކެޓީ، އައި ވޭވް، އެލް ގަންޗޯ އެފްސީ، އަޔަން ބޯއީސް، ވަޅޯމަސް، އެފްސީ ބަނާނާ، ލައިކަންސް ސްޕޯޓްސް ކްލަބު، ދާއެޅުން ޕްރޯ، ޓީމް ޕީޗަސް، އެފްސީ ސޫޕް، އެފްސީ ދާއެޅުން، ޓީމް އިންވިކްޓޯ، ޕާކް، ބަޖިޔައެއް، ޔުނައިޓެޑް ޗިޅިޔާ، ޓީމް ޔަންގް ޖެނެރޭޝަން، އެފްސީ ކާމްސް، ވައިޕާސް، ފޯ ވިންގްޑް އެފްސީ، ފަރުމަތި، އެލްވިއޯލާ، ޒެފިޔަސް، ހައިބްރިޑްސް އެސްސީ، ޑެސްޕަރޭޑޯ އެފްސީ، ކްލަބު އެސްޑީޒެޑް، ވިންޑްލޭންޑް، އެފްސީ ގެމަނަލޭންޑް، އެފްސީ ވަކަރުގެ، ޑީއެންޑީ އަންޑަގްރައުންޑް، ޑާކް ޕާކް، އެލްއެފް، ކޮންފެޔާ ސްޕޯޓްސް ކްލަބު، އައިލެންޑް ބޯއީސް ބެކް، ޓީމް ކޮޅުފުށި، ކްލަބު އެފްޓީއެލް، ހަލަބޮލި ފުޓްސަލް ޓީމް، ކެލްސިކޯ، މެޓާކާ، ޓިނު އެފްސީ، ޓީމް ސެވަން، ޓީމް ފިނޭ، އެމްވައިޑީއޭ އެފްސީ، ލުއްޗާޒް، އެންއެފްޓީ، އިރުމަތި ސްޕޯޓްސް ކްލަބު، އެފްސީ ދަންނަ ނުދަންނަ، އެންއެސް ރޯމާ، ޕާކް ބޯއީސް، ޕަންކް ނެކްޓް ލެވެލް، ލީނިއޭޖް ސްޕޯޓްސް ކްލަބު، ކޮލެޖް ފްރެންޑްސް ކްލަބު، ކްލަބު ސީސީއެޗް، ކްލަބު އޭކްސް، ކްލަބު އަމީގޯސް، އެފްސީޒެޑް، ނެމިސިސް، ތިމަރަފުށި ޔޫތު ޕްލޭޔާސް، ލުސިޓާނިއާ އެފްސީ، އެފްސީ ގޭޖް، ޕަންކް ހޫލިގަންސް، ހޮވާލި އެފްސީ، އިންވިކްޓާ ސްޕޯޓްސް ކްލަބު، ކޮޕިއަންސް އެފްސީ، ޓީމް ރުކް ރުކް ރުކް، އެލްއެފް އަލްފާސް، ސަން އެފްސީ، ޓީމް ބޯޓްޔާޑް.

އަންހެން ބައިގައި ބައިވެރިވެފައިވާ ޓީމުތައް:

ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)، ޕްރިޒަން ކްލަބު، ޓީމް ފްރެންޑްސް، ކަނބަލުން، އެފްސީ ރަނިން، ލޭޑީ ލަކް، ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކްލަބު، ޔޫތު ސިޓީ ވިމެންސް، ޓީމް ޕީސީ، ޒެނިތު ސްޕޯޓްސް ކްލަބު، ގާޒީ ސްކޫލް، ޓީމް ފިސާރި އެފްސީ، އެން2 ކަނބަލުން، އެން3 ކަނބަލުން، ވިމެންސް ފުޓްބޯލް ކްލަބު.

comment ކޮމެންޓް