ރިއްފަތުގެ އާ ލަވައެއް ނެރެފި

ލަވައިގެ ޕޯސްޓަރެއް---

ކުރިއަރަމުން އަންނަ ލަވަކިޔުންތެރިޔާ މުހައްމަދު ރިއްފަތުގެ އާ ލަވަ "ޝާހީ ރީތި މޫނު" ރިލީޒްކޮށްފި އެވެ.

ރިއްފަތު އަމިއްލަ އަށް ޕްރޮޑިއުސް ކޮށްފައިވާ އެ ލަވަ ކިޔާފައި ވަނީ ވެސް އޭނާ އެވެ. އެ ލަވައިގެ މިއުޒިކް ރެކޯޑިން ހަދާފައި ވަނީ "ކޮއްކޮ" އެވެ.

"މަނިކް އާޓްސް" އިން ލަވައިގެ ސިނަމޮޓޮގްރަފީ ހަދާފައިވާ އެ ލަވައިގެ ހިތްގައިމު މަންޒަރުތަކުން ފެނިގެންދަނީ ރިއްފަތު އަދި ނާޖިހާ (ނާ) އެވެ.

ޝާހީ ރީތި މޫނު އަކީ މަޝްހޫރު ހިންދީ ލަވަ "ތޫ ވޯ ހަސީ ހޭ"ގެ ރާގަށް ރިއްފަތު ކިޔާފައިވާ ހިތްގައިމު ލަވަ އެކެވެ.

ރިއްފަތު ސަން އަށް ބުނީ ލަވަ އާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި މިއީ ވަރަށް ބުރަ މަސައްކަތް ކަމަށެވެ.

comment ކޮމެންޓް