"ސްޓުޑެންޓް އޮފް ދަ އިޔާ 2"ގެ ޝޫޓިން ފަށައިފި

ޓައިގާ ޝްރޮފްގެ ސްޓޫޑެންޓް އޮފް ދަ އިޔާގެ ޝޫޓިން ވަނީ ފަށާފައި----

ދެހާސް ބާރަ ވަނަ އަހަރު ރިލީޒްކުރި ކަރަން ޖޯހަރުގެ ކާމިޔާބު ފިލްމު، 'ސްޓުޑެންޓް އޮފް ދަ އިޔާ' ގެ ދެވަނަ ބައި 'ސްޓުޑެންޓް އޮފް ދަ އިޔާ 2'ގެ ޝޫޓިން ފަށައިފި އެވެ.

ދަރްމާ ޕްރޮޑަކްޝަންސް އިން އިއްޔެ ކުރި ޓުވީޓެއްގައި ވަނީ ފިލްމުގެ ޝޫޓިން ފަށާފައި ވާކަން ޔަގީންކޮށްދީފަ އެވެ.

ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ 'ބާޣީ 2'ގެ އެކްޓަރު ޓައިގާ ޝްރޯފް އެވެ. ފިލްމުގައި ދެ އަންހެން ލީޑު ފެނިގެން ދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފިލްމުގެ އަންހެން ލީޑުގެ ގޮތުގައި ޖާންވީ ކަޕޫރު، ސާރާ އަލީ ޚާން، ނުވަތަ އަނަންޔާ ޕާންޑޭ ފެނިގެން ދާނެ ކަމަށް ބައެއް ރިޕޯޓުތައް ބުނަމުން އައި ނަމަވެސް، ފިލްމުގެ އަންހެން ލީޑު އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކަރަން ބުނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ފިލްމުގެ ފުރިހަމަ ކާސްޓު އިއުލާނު ކުރާނެ ކަމަށެވެ. ފުރަތަމަ ފިލްމާ ޚިލާފަށް 'ސްޓުޑެންޓް އޮފް ދަ އިޔާ 2' ޑައިރެކްޓު ކުރާނީ ޕުނީތު މަލޯތުރާ އެވެ.

އާލިއާ ބަޓް، ވަރުން ދަވާން އަދި ސިދާތު މަލޯތުރާ ފެނިގެން ދިޔަ 'ސްޓުޑެންޓް އޮފް ދަ އިޔާ' ޑައިރެކްޓު ކުރީ ކަރަން އެވެ. ޕުނީތު ވަނީ މީގެ ކުރިން 'ގޯރީ ތެރޭ ޕިޔާރް މޭ' އަދި 'އައި ހޭޓް ލަވް ސްޓޯރީޒް' ޑައިރެކްޓުކޮށްފަ އެވެ.

'ސްޓުޑެންޓް އޮފް ދަ އިޔާ 2' އިއުލާނުކޮށްފައި ވަނި މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ. ކަރަން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ފިލްމު ރިލީޒް ކުރާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

comment ކޮމެންޓް