ސޯޅަ އަހަރަށްފަހު ސަންޖޭ ލީލާ ބަންސާލީއާއެކު ޝާހުރުކް މަސައްކަތް ކުރަނީ؟

ޝާހްރުކް އަދި ސަންޖޭ ލީލާ ބަންސާލީ---

ސޯޅަ އަހަރަށްފަހު ބޮލީވުޑްގެ ކާމިޔާބު ބަތަލު ޝާހްރުކް ހާން، ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އާ އެކީ މަސައްކަތް ކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަންޖޭގެ ދެން އޮތް ފިލްމުގައި ޝާހް ހަރަކާތްތެރިވާނެ ކަމަށާއި އަދި ސްކްރިޕްޓް ކިޔަދިނުމަށް އެ ދެމީހުން ވަނީ ބައްދަލުކޮށްފައެވެ.

އެ ސްކްރިޕްޓް ޝާހުއަށް ކަމުދިޔަ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ޝާހް އެންމެ ފަހުން ސަންޖޭގެ ފިލްމަކުން ފެނިގެންދިޔައީ 2002 ވަނަ އަހަރު "ދޭވްދާސް" އިންނެވެ.

ޝާހްރުކްހާން މިވަގުތު ކުރަމުން އަންނަނީ އާނަންދު އެލް ރާއީ "ޒީރޯ"ގެ މަސައްކަތެވެ. އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެ ފިލްމު ވަނީ ރިލީޒްކުރުމަށް ހަމަޖެހުފައެވެ.

ޒީރޯގެ މަސައްކަތް ނިމުމުން ޝާހްރުކް ދެން އެންމެ އަވަހަށް ފެނިގެންދާނީ މަހޭޝް މަތާއީ ޑައިރެކްޓް ކުރާ "ސެލިއުޓް" އިންނެވެ.

މައުލޫމާތު: ފަސްޓްޕޯސްޓް

comment ކޮމެންޓް