ވަން ޕްލަސް 6ގެ މުހިންމު ވާހަކަތަކެއް އެކުންފުނިން ޔަގީންކޮށްދީފި

ވަން ޕްލަސް 6ގެ ޑިޒައިން ކަމަށް ބެލެވޭ ޑިޒައިނެއް ---

ސްމާޓްފޯނުގެ ބާޒާރުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ވަން ޕްލަސްގެ ކުރިއަށްއޮތް ފޯނު ވަން ޕްލަސް 6ގެ މުހިންމު ސްޕެސިފިކޭޝަންތަކުގެ މައުލޫމާތު އެކުންފުނިން ޔަގީންކޮށްދީފިއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ނެރެން ނިންމާފައިވާ މި ފޯނާ ގުޅޭގޮތުން ވަން ޕްލަސްގެ ސީއީއޯ ޕީޓް ލާއޯ ވިދާޅުވީ މި ފޯނުގައި ހިމެނޭނީ ސްނެޕްޑްރެގަން 845 ޕްރޮސެސަރެއް ކަމަށެވެ. މީގެ އިތުރުން އަށް ޖީބީގެ ރެމްއަކާއި 256 ޖީބީގެ މެމޮރީ މި ފޯނުގައި ހިމެނޭނެއެވެ.

މިއީ ވަން ޕްލަސްއާ ގުޅޭގޮތުން މީގެ ކުރިން ތުންތުންމަތިންވެސް ދެކެވިފައި ހުރި ވާހަކަތަކެވެ. ވަން ޕްލަސް 5އާ އަޅާބަލާއިރު ވަން ޕްލަސް 6 ޗާޖުވާ މިންވަރު އަވަސްވާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ވަން ޕްލަސްއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތައް ހޯދައި، ސެމްސަންގް، އެޕަލް ފަދަ ކުންފުނިތަކާ ވާދަކުރަން ފަށާފައިވާ ކުންފުންޏެކެވެ. އެކުންފުނިން އަންނަނީ ސްމާޓްފޯނުގެ ބާޒާރަށް ބޮޑެތި އިންގިލާބުތައް ގެންނަމުންނެވެ.

comment ކޮމެންޓް