ތިން ރަށެއްގައި ނަރުދަަމާ އެޅުމަށް އެސްޖޭކޮންސްޓަރްޝަނާ ހަވާލުކޮށްފި

ތިންރަށެއްގައި ނަރުދަމާ އެޅުމަށް އެންވަޔަރަމަންޓު މިނިސްޓްރީން އެސްޖޭ ކޮންސްޓްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓްރީ

ތިން ރަށެއްގައި ނަރުދަމާ އެޅުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އެސްޖޭ ކޮންސްޓްޝަން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

ނަރުދަމާ އެޅުމަށް ހަވާލުކޮށްފައި ވަނީ ފ. ބިލެތްދޫ، ރ. އިންނަމާދޫ އަދި ށ. ފީވަކުގަ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. އަދި އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މުޙައްމަދު ޝިހާދެވެ.

ތިން ރަށެއްގައި ނަރުދަމާ އެޅުމަށް އެންވަޔަރަމަންޓު މިނިސްޓްރީން އެސްޖޭ ކޮންސްޓްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓްރީ

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ތިން ރަށުގައި ނަރުދަމާ އެޅުމަށް މުޅި އެކު 42.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

  • ބިލެތްދޫ - 19.3 މިލިއަން ރުފިޔާ
  • އިންނަމާދޫ - 11.5 މިލިއަން ރުފިޔާ
  • ފީވައް - 11.9 މިލިއަން ރުފިޔާ

އެއްބަސްވުމުގެ ސޮއި ކުރާތާ 12 މަސް ދުވަސް ތެރޭ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ބުންޏެވެ. އެ މަޝްރޫޢަށް ޚަރަދުކުރަން ހަމަޖެހިފައި ވަނީ ދިވެހި ސަރުކާރުގެ ޕަބްލިކް ސާވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ނަރުދަމާގެ ނެޓްވޯކް ގުޅައިދިނުމާއި، ޕަމްޕް ސްޓޭޝަންތައް ބެހެއްޓުމުގެ އިތުރުން ގޭގެއަށް ނަރުދަމާ ގުޅައިދިނުމާއި ސީ އައުޓްފޯލް އަދި އެޑްމިނިސްޓްރޭޓިވް ބިލްޑިންގް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް