މައި ކޮލެޖުގެ އިންޓަ ކޮލެޖު ވޮލީ މުބާރާތް، ނިޒާމް މެމޯރިއަލް ވޮލީބޯޅަ މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ވަން ޑޭ ކަޕެއްގެ ގޮތުގައި އެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެއެވެ. މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަންގެ ކުޅުން ކުރިއަށް ގެންގޮސްފައިވެ. އެގޮތުން މުބާރާތުގައި އަންހެން ހަ ޓީމަކާއި ފިރިހެން ހަތަރު ޓީމެއް ވާދަކޮށްފައިވެއެވެ.
މުބާރާތުގެ ފިރިހެން ފައިނަލްގައި ޓީމް ފަޅާލި އަދި ޗެލެންޖާސް ވާދަކުރި މެޗު ކުޅެފައިވަނީ ތިން ސެޓަށެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައި ވަނީ ޗެލެންޖާސްއެވެ. އަންހެން ޑިވިޝަންގެ ފައިނަލްގައި ބޮލޮކާސައާއި އެލް ނީނޯ ވާދަކުރި މެޗުވެސް ކުޅުނީ ތިން ސެޓަށެވެ. އެ މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބުކުރީ ބްލޮކާސްއެވެ.
ފިރިހެން ޑިވިޝަން އަދި އަންހެން ޑިވިޝަންގެވެސް ޑްރީމް ޓީމެއް ހޮވާފައިވާ އިރު، މުބާރާތުގެ އެންމެ މޮޅު ކޯޗުން އަދި ޓީމުތަކަށްވެސް ޓްރޮފީއާއި ހަނދާނީލިޔުންވެސް ދީފައެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކަށް އެލް ނީނޯގެ ކޯޗު، ހުސައިން ޝިޔާމް ހޮވުނު އިރު، ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ޗެމްޕިއަން ޗެލެންޖާސްގެ މުހައްމަދު ޝާއިކު ނަސީރެވެ.
އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޗެލެންޖާސްގެ މުހައްމަދު ފިކުރީ ހޮވުނު އިރު، އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބްލޮކާސްގެ ޝިރުފާ ޝަފީގެވެ.
ނިޒާމް މެމޯރިއަލް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަން ޑްރީމް ޓީމު:
އައިޝަތު ޝާލިނީ - ބްލޮކާސް
ޒިއުނާ ޖަލީލް - ބްލޮކާސް
ތޫގާ ޝަރީފް - ބްލޮކާސް
ފާތިމަތު ސަމާހަތު - ޕަވާޕަފް ގާލްސް
ސަލީމާ ސާލިހް - އެލް ނީނޯ
ސާދުނާ އަބްދުލް ހަކީމް - އެލް ނީނޯ
ނިޒާމް މެމޯރިއަލް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަން ޑްރީމް ޓީމު:
މުހައްމަދު އަސްލަމް - ޓީމް ފަޅާލި
ޔޫސުފް ރިޝްފާން - ޓީމް ފަޅާލި
އަހުމަދު ނޫހު - ޓީމު ފަޅާލި
ހުސައިން ޝިފާޒް - ޗެލެންޖާސް
ހަސަން މުހައްމަދު - ޗެލެންޖާސް
މުހައްމަދު ފިކުރީ - ޗެލެންޖާސް
މައި ކޮލެޖުގެ އިންޓަ ކޮލެޖު މުބާރާތް ނިޒާމް މެމޯރިއަލް ކަޕްގެ ނަން މަތީގައި ފުރަތަމަ ފަހަރަށް މިއަހަރު ބާއްވާފައިވާ އިރު، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮލެޖުގެ ސީއީއޯ އަހުމަދު މުއްތަކީއާއި ޝަރަފުވެރި މެހެމާން، ކޮލެޖުގެ ކުރީގެ ރެކްޓަރު ޑރ. އާމާލް އަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނަކީ އަލް މަރުހޫމް ހަސަން ނިޒާމްގެ ހުވަފަތް އަނބިކަނބަލުން ސޮފާ ތައުގީއެވެ.
އަލް މަރުހޫމް ހަސަން ނިޒާމަކީ މައި ކޮލެޖަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. އަދި ހަސަން ނިޒާމަކީ އެެ ކޮލެޖުގެ ކުރީގެ ވައިސް ރެކްޓާވެސް މެއެވެ. ފުރަތަމަ ނިޒާމް މެމޯރިއަލް ކަޕް އިންތިޒާމް ކޮށްފައިވަނީ މައި ކޮލެޖުގެ މެނޭޖުމަންޓާއި އެ ކޮލެޖުގެ ސްޓޫޑެންޓް އެސޯސިއޭޝަނުން ގުޅިގެންނެވެ.