އެސްޓީއޯ ސުޕަރމާޓުން އަލްނޫރު ހިކިކިރު ހާއްސަ އަގުތަކެއްގައި ވިއްކަނީ

އެސްޓީއޯ ސުޕަރ މާޓުން ވަނީ އަލް ނޫރު ހިކިކިރު ހާއްސަ އަގުތަކެއްގައި ވިއްކަން ފަށާފައި-- ފޮތޮ؛ އެސްޓީއޯ

ދިވެހިންގެ މެދުގައި މަގުބޫލު ހިކިކިރުގެ ބާވަތެއް ކަމަށްވާ، އަލްނޫރު ބްރޭންޑުގެ ކިރު، ހާއްސަ އަގުތަކެއްގައި އެސްޓީއޯ ސުޕަމާޓުން ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ، ކޯސްޓް އަދި އަލްމުދިޝް ފަދަ ހިކި ކިރު ބްރޭންޑްތައް ޕެކްކުރަމުން އަންނަ، "އޮމާން ފުޑް ސްޓަފް" ކުންފުނީގެ އުފެއްދުމެއް ކަމަށްވާ އަލްނޫރް ހިކިކިރު، ޚާއްސަ އަގުތަކެއްގައި އެސްޓީއޯ ސުޕަމާޓުން މިހާރު ލިބެން ހުންނާނެ ކަމަށެވެ.

"އޮމާން ފުޑްސްޓަފް"އަކީ މެދު އިރުމަތީގައި ހިކިކިރު ބަންދުކުރުމުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެެކެވެ.

އެސްޓީއޯއިން ބުނީ، ހިކިކިރަކީ ދިވެހިންގެ ގޭގޭގައި ވަރަށް ގިނައިން ބޭނުންކުރާ ޒަރޫރީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ބާވަތަކަށް ވުމާއެކު މިފަދަ ބާވަތެއް ހެޔޮ އަގުގައި ރަތްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯ ސުޕަމާޓްގެ މަގުސަދެއް ކަމަށެވެ.

"މިހާރުވެސް އެސްޓީއޯ ސުޕަމާޓުންނާއި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ލިބިވަޑައިގަންނަވާނެ،" އެސްޓީއޯއިން ބުންޏެވެ.

"އަލްނޫރު އަކީ މިވަގުތު ބާޒާރުގައި ހުރި އެންމެ މޮޅު އަދި އެންމެ އަގުހެޔޮ ހިކިކިރުގެ ބްރޭންޑްތަކުގެ ތެރޭގައި ގުނާލެވޭނެ ބްރޭންޑެއް."

އެސްޓީއޯއިން ވަނީ، އަލްނޫރު ބްރޭންޑުގެ އެކި ސައިޒުތަކުގެ ހިކިކިރު ޕެކެޓް، ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކާ ފާރާތްތަކަށް ވެސް ހާއްސަ އަގުތަކެއް ކަނޑައަޅައިފައެވެ. އެގޮތުން އަލްނޫރު ހިކިކިރުގެ 800 ގުރާމް، 1800 ގުރާމް އަދި 2250 ގުރާމްގެ ޕެކެޓު އެސްޓީއޯ ސުޕަމާޓުން ލިބޭނެއެވެ. މީގެ އިތުރުން ކޭސް ގަންނަ ފަރާތްތަކަށް ސުޕަަމާޓުންނާއި ހޯލްސޭލް ސެންޓަރުންވެސް ކިރު ގަންނަން ލިބޭނޭ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

ރީޓެއިލްކޮށް

  • 800 ގުރާމް 92 ރުފިޔާއަށް،
  • 1،800 ގުރާމް 205 ރުފިޔާއަށް
  • 2،250 ގުރާމް 240 ރުފިޔާއަށް

ހޯލްސޭލްކޮށް

  • 800 ގުރާމް (12 ޕެކެޓު) 1،005 ރުފިޔާއަށް،
  • 1،800 ގުރާމް (6 ޕެކެޓު) 1،140 ރުފިޔާއަށް
  • 2،250 ގުރާމް (6 ޕެކެޓު) 1،360 ރުފިޔާއަށް

ކޭސް ބައްލަވައިގަނެގެން 800 ގުރާމްގެ ކޭހަކުން 99 ރުފިޔާ، 1،800 ގުރާމްގެ ކޭހަކުން 90 ރުފިޔާ އަދި 2،250 ގުރާމްގެ ކޭހަކުން 80 ރުފިޔާގެ ރީޓެއިލް އަގަށްވުރެ ހެޔޮ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބޭނެއެވެ.

"އަދި މީގެ އިތުރުންވެސް ހޯލްސޭލްކޮށް ގިނަ އަދަދަކަށް ނަންގަވާ ބޭފުޅުންނަށް ހާއްސަ އަގުތަކެއްގައި އަލްނޫރް ހިކިކިރު ލިބިވަޑައިގަންނަވާނެ" އެސްޓީއޯއިން މައުލޫމާތުދެއެވެ.

comment ކޮމެންޓް