"ދިލް މިލް ގަޔޭ"ގެ ތަރި ކަރަން މަރުވެފައި އޮއްވާ ފެނިއްޖެ

"ދިލް މިލް ގަޔޭ"ގެ ތަރި ކަރަން---

ސްޓާ ވަން އިން ގެނެސްދިން ހިންދީ ޑްރާމާ ސިލްސިލާ އިން ބޮޑު މަޝްހޫރު ކަމެއް ހޯދި ބަތަލު ކަރަން ޕަރަންޖްޕޭ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އުމުރުން 26 އަހަރުގެ އެކްޓަރު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ތެރެއިންނެވެ.

ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި ކަރަން މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އާދިއްތަ ދުވަހު ހެނދުނު 11 ޖަހާއެހާކަންހާއިރު އޭނާގެ މަންމަ އަށް ކަމަށެވެ.

ކަރަން މަރުވި ގޮތް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި އޭނާ މަރުވެފައި ވަނީ ނިދާފައި އޮއްވާ ހާޓް އެޓޭކް އެއް ޖެހިގެންނެވެ.

މައުލޫމާތު: ހިންދުސްތާން ޓައިމްސް

comment ކޮމެންޓް