ރެއިންބޯ ރަމަޟާން ސޭލް ފަށައިފި، ތިން ފަރާތަކަށް އަގުހުރި ބަދިގެ ސެޓެއް!

ޗާންދަނީ މަގުގައި ހުންނަ ރެއިންބޯ ލިވިން މޯލްއަށް އިތުރުކުރި ބައި-- ސަން ފޮޓޯ: ފަޔާޒް މޫސާ

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް، އިމާރާތްކުރުމާއި ފަރުނީޗަރުގެ ވިޔަފާރިކުރާ ރެއިންބޯގެ އަހަރީ ރަމަޟާން ސޭލް ފަށައިފި އެވެ.

ރެއިންބޯ އިން މިއަދު ފެށި ޕްރޮމޯޝަނުގައި، ކުރާ ކޮންމެ 500 ރުފިޔާއެއްގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

ރެއިންބޯ ލިވިންގް މޯލް، ރެއިންބޯ ބިލްޑްވެއާ، ރެއިންބޯ ޝޮޕް، ރެއިންބޯ އޮފީސް ސިސްޓަމް އަދި ރެއިންބޯ ތިނަދޫ ފިހާރައިން ވެސް ވިޔަފާރިކޮށްގެން ކޫޕަން ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ރެއިންބޯ އިން ބުންޏެވެ.

ސޭލްގެ ތެރެއިން ރަމާޟަން މަހުގެ ކޮންމެ ހަފްތާއަކު ވެސް ގުރުއަތުން ނަސީބުވެރިއަކު ހޮވާނެ ކަމަށާއި އެފަރާތަކަށް ލިބޭނީ ޝެލްބީންސް އިން 10 މީހަކަށް ރޯދަ ވީއްލުމުގެ ފުރުސަތު ކަމަށް ވެސް ރެއިންބޯ އިން ބުންޏެވެ.

އޭގެ އިތުރުން، ސޭލްގެ ބޮޑު އިނާމެއްގެ ގޮތުގައި ދެނީ 50،000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެކެވެ. ޖުމްލަ ތިން ފަރާތަކަށް މި އިނާމު ލިބޭނެ ކަމަށް ރެއިންބޯއިން ބުނެ އެވެ.

ރެއިންބޯ އިން ބުނީ، ކޫޕަން ފުރުމަށް ފަހު ފޮއްޓަށް ލުމުގެ ފުރުސަތު، ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށާއި ގުރުއަތުލުން އޮންނާނީ ޖޫން މަހުގެ ނުވަވަނަ ދުވަހު ކަމަށެވެ.

comment ކޮމެންޓް