މެމްބަރު އިންތިގެ ޕާސްޕޯޓު ހިފަހައްޓައިފި

އިންތިޔާޒު ފަހުމީ(އިންތި)---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

އިންތިގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އިދިކޮޅުން ބޭއްވި "ހުއްޓުވާ" އެއްވުމުގައި ބައިވެރިވުމަށް ގޮވާލެއްވުމަށް އިދިކޮޅު ޕާޓީތަކުން އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

މިއަދު ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު މީޑިއާތަކާ ވާހަކަދައްކަވަމުން މެމްބަރު އިންތި ވިދާޅުވީ އޭނާ މިއަދު އެ އިދާރާއަށް ހާޒިރުކުރީ އެ ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވާހަކަދެއްކީ އޭނާކަން ކަށަވަރުކުރުމަށް ފޮޓޯއާއި އަޑުގެ "ސާމްޕަލް" ނެގުމަށް ކަމަށެވެ.

އިންތި އިތުރަށް ވިދާޅުވީ ޕާސްޕޯޓް ހިފަހައްޓަން ފުލުހުން ކޯޓުގައި އެދިފައިވަނީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކުން އިންތި ރާއްޖެއިން ބޭރަށް ފިލަން ދާން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާތީ ކަމަށެވެ.

comment ކޮމެންޓް