ކޮސޯވޯގެ އިދިކޮޅު ފަރާތްތަކުން ޕާލަމަންޓްގައި ކަރުނަ ގޭސް ޖަހައިފި

ކޮސޯވޯގެ ޕާލަމެންޓްގައި ކަރުނަ ގޭސް ޖަހަނީ--

ޕްރިސްޓީނާ (21 މާޗް): ކޮސޯވޯއާއި މޮންޓަނީގްރޯއާ ގުޅޭ ބޯޑަރާ ބެހޭ މުއާހަދާއެއްގެ ބިލް ތަސްދީގުކުރުން ހުއްޓުވުގެ ގޮތުން ކޮސޯވޯގެ އިދިކޮޅު ފަރާތްތަކުން ޕާލަމަންޓްގައި ކަރުނަ ގޭސް ޖަހައިފިއެވެ.

މީސް މީޑިއާއަށް ލާފައިވާ އެ ވީޑިއޯ ވައިރަލް ވެފައިވާއިރު އެވީޑިއޯއިން ވަނި ޕާލެމަންޓް މެމްބަރުން ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރުންގެ ލޮލަށް ކަރުނަ ގޭހުގެ އަސަރުކޮށްގެން އުޅޭ މަންޒަރު ވަރަށް ރީއްޗަށް ފެނިފައެވެ.

އެ ހާދިސާގައި ކަރުނަ ގޭސް ބޭނުންކޮށްފައިވަނ އިދިކޮޅު ޕާޓީ ލެވިޒްޖާ ވެޓްވިންޑޯޒްޖެ އިންނެވެ. މީގެ ކުރިންވެސް އެ ޕާޓިންވަނީ ޕާލިމަންޓްގައި ކަރުނަ ގޭސް ބޭނުންކޮށްފައެވެ. އެ ވީޑިއޯ އެ ޕާޓީގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ވެސް ވަނީ އާންމުކޮށްފައެވެ.

ގާނޫނު ހަދާ މަޖިލީހުން ފާސްކުރި މުއާހަދާގެ ސަބަބުން 30 އަކަމީޓަރުގެ ސަރަހައްދެއް މޮންޓަނީގްރޯއާ ހަވާލުކުރުމަށް ނިންމައިފައިވާތީވެ އިދިކޮޅު ޕާޓީންވަނީ ވަރަށް ރުޅިގަދަވެފައެވެ. ކޮސޯވޯއިން އެ މުއާހަދާ ފާސްކުރީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ވިސާނެތި ދަތުރުކުރެވޭނެގޮތް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ.

ދެހާސް އަށްވަނަ ކުރީގެ ޔޫގޮސްލޭވިއާ ރޫޅި، ކޮސޯވޯއަށް މިނިވަންކަން ލިބުނުފަހުން އެގައުމުން ދަނީ ޔޫރަޕިއަން ޔޫނިއަންގެ ޔޫނިއަން (އީޔޫ)ގެ މެމްބަރަކަށް ވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.

މަސްދަރު: ސީއެންއެން

comment ކޮމެންޓް