އެޕަލްގެ ޑިވައިސްތައް މޮނީޓާ ކުރެވޭނެ ނިޒާމު ހަރުދަނާކޮށްފި

އެޕަލްގެ އައިފޯނުގެ ސަބަބުން ކުދިންގެ އުޅުމަށް ނޭދެވޭ އަސަރު ކުރޭތޯ ބެލުމަށް އެޕަލްގެ ދެ އިންވެސްޓަރަކު ވަނީ ޖެނުއަރީ މަހު ގޮވާލައިފައެވެ. ސްމާޓުފޯނު ބޭނުންކުރާ ކުދިންގެ އަމަލުތައް ބެލެނިވެރިން މޮނީޓާކުރުމަށްވެސް ހަރުދަނާ ނިޒާމެއް ގާއިމު ކުރުމަށް އެ ދެބޭފުޅުން އޭރު ގޮވާލެއްވިއެވެ.

އެޕަލްއިން ބުނީ 2008 ވަނަ އަހަރުން ފެށިގެން ޕޭރެންޓަލް ކޮންޓްރޯލު އެ ކުންފުނިން ބޭނުންކުރަމުންދާ ކަމަށެވެ. މިކަން އިތުރަށް ފުޅާކޮށް ޕޭރެންޓަލް ކޮންޓްރޯލްގެ ފީޗާސްތަސް ހަރުދަނާ ކުރުމަށް ފިޔަވަޅުތައް އަޅާނެކަމަށްވެސް އެޕަލްއިން ވަނީ ބުނެފައެވެ.

އެގޮތުން އެޕަލްއިން ވަނީ އެކުންފުނީގެ ވެބްސައިޓުގައި "ފެމެލީސް" ގެ ނަމުގައި އާ ކެޓެގަރީއެއް ހިމަނައިފައެވެ. މިއާއެކު އެޕަލްގެ ޑިވަސްތައް ބޭނުންކޮށްގެން ކުދިން ކުރާ ކަންތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބެލެނިވެރިންނަށް މޮނީޓާ ކުރެވޭނެއެވެ.

މި ޕޭޖާއެކު ޕްރައިވަސީ އަދި ސިއްހަތާ ގުޅުންހުރި ކަންތައްވެސް އިތުރަށް ހަރުދަނާ ވާނެއެވެ. އެޕަލްއިން ވަނީ އެމީހުންގެ ސަޕޯޓު ޕޭޖުވެސް އަޕްޑޭޓުކޮށް ޕޭރެންޓަލް ކޮންޓްރޯލް އޮޕްޝަން ހަރުދަނާ ކޮށްފައެވެ.

އެޕަލްގެ ކުރީގެ އިސްވެރިއަކުވެސް ވަނީ މާގިނައިން ކުޑަކުދިން ފޯނާއި ޓެބް/އައިޕެޑު ބޭނުންކުރާނަމަ ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

comment ކޮމެންޓް