ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު މާދަމާރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ހަވާލުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އަމީތު ފުލުސް އޮފީހަށް ހާޒިރު ކުރަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް މާލޭގެ މަގުތައްމަތީ މުޒާހަރާ ކުރުމަށް ހިތްވަރުދީ މުޒާހަރާއަށް ނިކުތުމަށް ގޮވާލާފައިވާ ކަމަށް ބުނެއެވެ.
ފުލުސް އޮފީހަށް ހާޒިރުވާން އަމީތަށް އަންގާފައި ވަނީ މާދަމާރޭ 21:30 އަށެވެ.
ކުއްލި ހާލަތު އިއުލާނުކޮށްފައި ވަނިކޮށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ބަޔަކު އިސް ނަގައިގެން މާލޭގެ އަމަން ނަގާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލު ކުރުމަށް ވެސް އަމީތު ވަނީ މީގެ ކުރިން ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.