ނިއު ކަމަރ އޮފް ދަ އިޔާ އެވޯޑު ވައްކަރު ރިސޯޓަށް

ވައްކަރު މޯލްޑިވްސް --

ފަތުރުވެރިކަމާ ބެހޭ މަޖައްލާ "ހައިޑްއަވޭސް"އިން ދޭ "ނިއު ކަމަރ އޮފް ދަ އިޔާ" އެވޯޑު، ބ. އަތޮޅުގައި ހިންގާ ވައްކަރު މޯލްޑިވްސް ރިސޯޓަށް ލިބިއްޖެއެވެ.

މި އެވޯޑު އެ ރިސޯޓަށް ދީފައިވަނީ، މި މަހުގެ ކުރީކޮޅު ޖަރުމަނުގެ ބާލިންގައި ކުރިޔަށް ދިޔަ އައިޓީބީ ބާލިން ފެއާގެ ހަވާސާގައި ބޭއްވި، ހައިޑްއަވޭސް މެގަޒިންގެ އެވޯޑު ދިނުމުގެ އަހަރީ ހަފްލާގައެވެ.

ވައްކަރު މޯލްޑިވްސްއަށް މި އެވޯޑު ލިބިފައިވާ އިރު، ފަތުރުވެރިންނަށް އެ ރިސޯޓު ހުޅުވާލީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ.

ނަވަލޯކާ ކޮންސްޓްރަކްޝަން ގްރޫޕުން ތަރައްގީކުރި އެ ރިސޯޓަކީ ރާއްޖޭގެ ސަގާފަތާ ގުޅޭގޮތަށް ގުދުރަތީ ތަކެތިން ފަރުމާކޮށްފައިވާ ތަނެކެވެ. އެ ރިސޯޓުގައި ބީޗް، ވޯޓާ ވިލާސް އަދި ސުއިޓްސް އާއެކު ޖުމްލަ 125 ކޮޓަރި ހުރެއެވެ.

ވައްކަރު ރިސޯޓުގައި ދެ ބާއާއެކު ހަތަރު ރެސްޓޯރެންޓެއް ހިމެނޭއިރު އިންޓަނޭޝަނަލް ކެއުންތައް ލިބޭ ދެ ރެސްޓޯރެންޓަކާއި އިޓަލީއަށް ހާއްސަ ރެސްޓޯރެންޓަކާއި އޮނުގެ ނަމުގައި އޭޝިއަންގެ ކެއުން ތަކަށް ރެސްޓޯރެންޓެއް ހިމެނެއެވެ.

އަދި މޫދު ކުޅިވަރާއި ޑައިވް ސެންޓަރެއްގެ އިތުރުން ޔޯގާ އާއެކު ސްޕާ އެއްވެސް ރިސޯޓުގައި ހުރެއެވެ.

comment ކޮމެންޓް