މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަނީ

ހއ. އުލިގަމު ސްކޫލުގެ ދަރިވަރުން ހިންގި ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން ---

މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ހަމަޖައްސައިފިއެވެ.

މުހްޔިއްދީން ސްކޫލުގެ ދަރިވަރުންނަށް ވިލިމާލޭގެ ފަރު ދައްކާލައި، ފަރުުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ހިންގި "ފަރުކޮއި" ޕްރޮގްރާމް ނިންމުމަށް ވިލިމާލޭގެ ވޯޓާސްޕޯޓްސް ބީޗްސައިޑުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ މަސައްކަތް މިހާރު ބައެއް ސްކޫލުތަކުން ފަށައިފައިވާ ކަމަށެވެ.

"މާޗް އެކަކުން ފަށައިގެން މުޅި ރާއްޖޭގައި ހުރިހާ ސްކޫލުތަކެއްގައި ސިންގަލްް ޔޫސް ޕްލާސްޓިކް ބޭންކުރުން މަސައްކަތްކުރުމުގެ މަސައްކަތް ފެއްޓިގެން މިދަނީ. އިރާދަކުރެއްވިއްޔާ މާޗް 30 އާ ހަމައަށް އަންނައިރު ރާއްޖޭގެ އެއްވެސް ސްކޫލެެއްގައި ސިންގަލް ޔޫސް ޕްލާސްޓިކެއް ނުގެންގުޅޭނެ،" މިނިސްޓަރުު ވިދާޅުވިއެވެ.

ކަލާފާނު ސްކޫލުގައި ޕްލާސްޓިކް ބޭނުންކުރުން މަނާކަމަށް ކަނޑައަޅައި، ބަހައްޓާފައިވާ ނޯޓިސްއެއް ---

ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށްފަހު އޭގެ ބަދަލުގައި ބޭނުންކުރެވޭނެ ތަކެއްޗަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން ބެލެނިވެރިންނާ ގުޅިގެން ފޮތި ކޮތަޅު ފަދަ ތަކެތި ހެދުމުގެ މަަސައްކަތް ކުރެވެމުންދާ ކަމަށްވެސް ޑރ. އައިޝަތު ވިދާޅުވިއެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް، ނުވަތަ އެއްފަހަރު ބޭނުންކޮށްލާފައި އުކާލާ ފަދަ ޕްލާސްޓިކް ޕްރޮޑަކްޓްތައް ބޭނުންކުރުން މުޅިން ހުއްޓަލާފައިވާ ބައެއް ސްކޫލުތަކުގެ ތެރޭގައި މާލޭގެ ސެންޓަރ ފޮރ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)އާއި، މަޖީދިއްޔާ ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި ކަލާފާނު ސްކޫލުގެ އިތުރުން ބ. އަތޮޅު މަދަރުސާ އަދި ގދ. އަތޮޅު ތައުލީމީ މަރުކަޒުވެސް ހިމެނެއެވެ.

comment ކޮމެންޓް