ތިޔަ ލޯތްބާ ދުރަށްގެ ތީމް ލަވަ ނެރެފި، ހިތްގައިމު ރީތި ލަވައެއް

"ތިޔަ ލޯތްބާ ދުރަށް"ގެ ޕޯސްޓަރެއް--- ފޮޓޯ/ ފޭސްބުކް

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)، ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް"ގެ ތީމް ލަވަ އާންމުންނަށް ދޫކޮށްލައިފި އެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ނިފާރު (ތިއްތި) އަޑުން ކިޔާދީފައިވާ "ތިޔަ ލޯތްބާ ދުރަށް" އެ ލަވަ އަކީ ހިތްގައިމު ރީތި ލަވަ އެކެވެ. އަސަރުގަދަ ފިލްމުގެ ބައެއް މަންޒަރުތައް ލަވައިން ފެނިގެން ގޮސްފައިވެ އެވެ.

ތިޔަ ލޯތްބާ ދުރަށް އެ ލަވައިގެ ޅެމަކީ އިސްމާއިލް މުބާރިކްގެ ޅެމެކެވެ. އެ ލަވައިގެ މިއުޒިކް ހަދާފައި ވަނީ ވެސް ތިއްތި އެވެ.

އެ ފިލްމަކީ އަންނަ އޭޕްރިލް މަހުގެެ 21 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ކުޅަދާނަ ބަތަލު އަހުމަދު އަޒްމީލް (އަޒޭ) އާއި ކުރިއަރަމުން އަންނަ ބަތަލާ މަލީހާ ވަހީދު (މަލް)ގެ އިތުރުން ލަންކާގެ ބަތަލާއެއް ކަމަށްވާ އުދޭނީ އެވެ. ފިލްމުގެ ކާސްޓުންގެ ގޮތުގައި މަރިޔަމް ޝަހްޒާ އާއި އޭނާގެ ފިރިމީހާ އަލީ އަމަން ވެސް ފެނިގެންދާނެ އެވެ.

ފިލްމަކީ ތިނެސްކަން ލޯބީގެ މައްޗަށް އުފައްދާފައިވާ ފިލްމަކަށް ވާއިރު، ދިވެހި ސިނަމާއަށް ވަންނަ މީހުން ބަލާހިތްވާ ފަދަ ފިލްމަކަށް "ތިޔަ ލޯތްބާ ދުރަށް" ވާނެ ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ.

comment ކޮމެންޓް