ލަންކާ ކައިރީގައި ކޮޅިގަނޑެއް އުފެދި ރާއްޖެ އަށް މޫސުން ގޯސްވާނެ: މެޓް

މޫސުން ގޯސްވުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ އިރުން ލަންކާގެ ދެކުނު ސަރަހައްދުގައި ކޮޅިގަނޑެއް އުފެދި، ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ލަންކާގެ ދެކުނު ސަރަހައްދުގައި އުފެދުނު ކޮޅިގަނޑު ހުޅަނގަށް ޖެހެމުންދާ ކަމަށާއި ރާއްޖެ އަށް ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ވިއްސާރަ ކުރާނެ ކަމަށެވެ.

ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވައިގަދަވެ، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.

ބޯކޮށް ވާރޭވެހި ގުގުރާ އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް