ނޮޅިވަރަންފަރު ނަރުދަމާގެ މަސައްކަތް ފަށައިފި

ހދ. ނޮޅިވަރަންފަރުގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުން -- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ

ހދ. ނޮޅިވަރަންފަރުގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވާދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ.

ނޮޅިވަރަންފަރުގެ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މިމަޝްރޫއަށް 44 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

މިމަޝްރޫޢުގެ ދަށުން ހއ. ހޯރަފުށީގައި 19 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކޮށް ގަޑިއަކު އަށް ޓަނުގެ ފެންއުފައްދާ ދެ އާރްއޯ ޕްލާންޓް ބަހައްޓާނެއެވެ.

މަޝްރޫޢުގެ ދަށުން ހދ. ނޮޅިވަރަންފަރުގައި ނަރުދަމާ ވިއުގަ ގާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމުކުރުމާއެކު މި ނިޒާމްގެ އިދާރީ މަސައްކަތަށް އެޑްމިނިސްޓްރޭޓިވް އިމާރާތެއް އެޅުމަށް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް