އެމްޑީޕީ އޮފީހުގައި ބައްދަލުވުމެއްގައި ތިއްބައި އެޕާޓީގެ އިސް ތިން މީހަކު ހައްޔަރުކޮށްފި

އެމްޑީޕީ އޮފީސް ކައިރީގައި ފުލުހުން -- ސަން ފޮޓޯ

އެމްޑީޕީ އޮފީހުގެ މީޓިންގް ރޫމުގައި ބައްދަލުވުމެއްގައި ތިއްބައި ފުލުހުން ވަދެ އެޕާޓީގެ އިސް ތިން މީހަކު ކުއްލި ހާލަތުގެ ދަށުން ކަމަށް ބުނެ ހައްޔަރު ކޮށްފިއެވެ.

ދާދި ދެންމެއަކު ހައްޔަރުކޮށްފައި ވަނީ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ)އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލިޔާސް ލަބީބު އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ)އެވެ.

އެމީހުން ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރު އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިއަކަަށް ވަނީ ފެނިފައެވެ.

"ހައްޔަރު ކުރީ އެމްޑީޕީ އޮފީހުގެ މީޓިންގް ރޫމުގައި ބައްދަލުވުމެއްގައި ތިއްބައި އެސްއޯ ފުލުހުން އެތަނަށް ވަދެ އެސްއޯއީގެ ދަށުން ހައްޔަރު ކުރީ ކަމަށް ބުނެ،" އެސަރަހައްދުގައި ތިބި މީހުން "ސަން"އަށް ކިޔައިދިނެވެ.

ތަފްސީލު އަންނަނީ

comment ކޮމެންޓް