އަނެއްކާވެސް ''ވަކިން ލޯބިން''ގެ އާ ލަވައެއް، މިފަހަރު ޝަންމުއާ ފަތޯގެ އަޑުން

ވަކިން ލޯބިންގެ މަންޒަރެއް-- ފޮޓޯ: ފޭސްބުކް

އަންނަ ހޯމަ ދުވަހު ރިލީޒްކުރާ، ޑާކްރެއިން އެންޓަޓެއިންމެންޓުގެ ފިލްމު "ވަކިން ލޯބިން"ގެ އާ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

ޝަމްއޫނު މުހައްމަދު (ޝަމްމު) އަދި ފަތޯގެ އަޑުން އިވިގެންދާ މި ލަވައިގެ ނަމަކީ " ދުނިޔެ ދައުރުވެ" އެވެ.

ފިލްމުގެ ބައެއް މަންޒަރުތަކާއެކު ދޫކޮށްލި މި ލަވައިން ފެންނަނީ ވަކިން ލޯބިންގެ ލީޑުން ފެނިގެންދާ ޖުލައްޔިލް ނިމާލް (އަޒާން) އަދި މަރިޔަމް މަޖުދާ (ނުހާ)ގެ ދިރިއުޅުމުގެ އުފާވެރި ދުވަސްތަކެވެ. އެ ދެމަފިރިންގެ ހަޔާތުގެ އުފާވެރި ދުވަސްތައް ވޭތުވަމުންދާ ގޮތް މި ލަވައިން ދައްކައިދެއެވެ. އެ ދެމަފިރިންގެ ދިރިއުޅުމަށް ލޯބި ތުއްތު ކުއްޖަކު އިތުރުވާތަންވެސް ފެނެއެވެ.

މިމަހުގެ ފަސްވަނަ ދުވަހު ރިލީޒްކުރާ މި ފެމެލީ ޑްރާމާގެ ޓިކެޓް މިހާރުވެސް އޮލިމްޕަހުން ދަނީ ވިއްކަމުންނެވެ.

ފިލްމުގެ ލަވަތަކުގެ ތެރެެއިން "ޕަރީ"، "ހިތުގަ ނަށާ ރާނީ" އަދި "ރަކި ހިނިތުން" ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފައެވެ.

ވަކިން ލޯބިންގެ ތަރިންގެ ތެރޭގައި އެންމެ ފަހުން ބޭވި ފިލްމު އެވޯޑުގެ އެންމެ މޮޅު އެކްޓަރު ޖުމައްޔިލް އާއި އެންމެ މޮޅު އެކްޓްރެސް މަޖުދާ ފެންނާނެއެވެ. ފިލްމުގެ ޑައިރެކްޓަރަކީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު އުފުލާލި އަލީ ޝިފާޢު (ޗިއްޕެ) އެވެ.

comment ކޮމެންޓް