ވިލިމާލޭ ގެއެއްގައި އަލިފާންރޯވެއްޖެ

ވިލިމާލޭ ފަޅުގެއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ސިފައިން ހަރަކާތްތެރި ވަނީ --- ފޮޓޯ/ އެމްއެންޑީއެފް

ވިލިމާލޭ ގެއެއްގައި އަލިފާންރޯވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމެޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މިރޭ ދަންވަރު 2:19 އެހައިކަންހާއިރު އަލިފާން ރޯވެފައި ވަނީ ވިލިމާލޭ ކުނި ގޮނޑު ކައިރީ ހުރި ފަޅު ގެއެއްގައި ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެށް ލިބިފައިނުވެއެވެ. އާޒިމް ވިދާޅުވީ މިރޭ ފަތިހު 4:08 އެހައިކަންހާއިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ވިލިމާލޭ ފަޅުގެއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ސިފައިން ހަރަކާތްތެރި ވަނީ --- ފޮޓޯ/ އެމްއެންޑީއެފް

އެ ފަޅުގޭގައި ރޯވި އަލިފާން ކޮންޓްރޯލްކުރުމަށް މާލެއިން ވަނީ ފަޔާއެންޑް ރެސްކިއުގެ ޚާއްސަ ޓީމެއް ވިލިމާލެއަށް ގޮސްފައެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފުލުހުންގެ ޓީމެއް އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް