އެކްޓިން ސީޕީ ނަވާޒުގެ ޝުކުރު ފުލުހުންނަށް

އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް ނަވާޒްއާ އެކު ފުލުހުންގެ ބައެއް އިސްވެރިން --- ފޮޓޯ: ޕޮލިސް

ފުލުހުންގެ މުއައްސަސާ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ފުލުހުންނާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކޮށް ޝުކުރު އަދާކުރައްވައިފިއެވެ.

ބުދަދުވަހު ހަވީރު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި އެބައްދަލުވުމުގައި ފުލުހުންގެ އިތުރުން އެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ބައިވެރިވިއެވެ.

ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި ވަނީ ޤައުމުގެ އަމަން އަމާންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ރެއާ ދުވާލު ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންގެ ކުރިއެރުމަށާއި ވެލްފެއަރ ކަންކަން މިހާރަށްވުރެ ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ނަވާޒު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ ފުލުހުންގެ އާއިލާތަކަށް ހަމަހަމަކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެބައްދަލުވުމުގައި އެކްޓިންގ ސީޕީ ނަވާޒު ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް