އެކްސްޕީރިއާގެ އާފޯނުގެ މައުލޫމާތު ލީކުވެއްޖެ؟

ސޮނީ އިން މި އަހަރުގެ މޯބައިލް ވޯލްޑް ކޮންގްރެސްގައި އާ ފޯނެއް ނެރެން ވަނީ ނިންމައިފަ އެވެ. އެ ފޯނު ނެރެން އުޅޭކަން އެކުންފުނިން ޓްވިޓާގައި އާންމުކުރި ޓީޒާ އަކުން އަންގާފައިވާ އިރު އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުގައި މި ފޯނާ ގުޅޭ މައުލޫމާތު މިހާރު ވަނީ އާންމުވެފަ އެވެ.

އަލަށް ނެރޭ ފޯނުގައި 3.5 އެމްއެމް ގެ ހެޑްފޯނު ޖެކަކާއި ރެއާ ފިންގާ ޕްރިންޓް ސްކޭނާއެއް ހިމެނޭނެ ކަމަށް ހަބަރުތައް ބުނެ އެވެ. މިއީ އެ ކުންފުނިން ނެރޭ އެކްސްޓޫ ކޮމްޕެކްޓުގެ މައުލޫމާތު ކަމަށް ޓެކް ބްލޮގެއްގައި ބުނެފައިވެ އެވެ.

ސޮނީ އިން ބުނީ މޮބައިލް ވޯލްޑް ކޮންގްރެސްގައި ގިނަ އުފެއްދުންތަކެއް ދައްކާލާނެ ކަމަށެވެ. އެގޮތުން އެކުންފުނިން އެންމެ ފަހުން ނެރުނު އެކްސްޒީ މޮޑެލްގެ އެކްސްޒީ ކޮމްޕެކްޓު ވެސް މިފަހަރު ބާޒާރަށް ނެރޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.

މިމަހުގެ 26 ވަނަ ދުވަހު ސޮނީގެ އާ އުފެއްދުންތައް އާންމުކުރާނެ އެވެ. އާންމުވެފައިވާ މައުލޫމާތުތަކުގެ ތެދު ދޮގު ޔަގީންވާނީ އޭރުންނެވެ.

comment ކޮމެންޓް