"ރޭސް 3"ގެ މަންޒަރުތަކެއް ނެގުމަށް ސަލްމާނާއި ޖެކަލީން ތައިލޭންޑްގެ ޖަންގައްޔަށް

ސަލްމާން އަދި ޖެކަލީން---

"ޓައިގާ ޒިންދާހޭ"ގެ ބޮޑު ކާމިޔާބީ އަށް ފަހު ސަލްމާން ޚާން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމަކީ "ރޭސް 3" އެވެ.

ބޮލީވުޑްގެ ކާމިޔާބު ކޮރެއޮގްރަފާރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާ ޑައިރެކްޓު ކުރާ ފިލްމުގެ ތައިލޭންޑްގެ ހިތްގައިމު މަންޒަރުތަކެއް ނެގުމަށްފަހު، ފިލްމުގެ ބައެއް މަންޒަރުތައް ތައިލޭންޑްގެ ޖަންގަލި ތެރޭ ނެގުމަށް 10 ދުވަސް ހޭދަވާނެ ކަމަށް ރެމޯ ބުންޏެވެ.

އެކްޝަން ގިނަ މަންޒަރުތަކެއް އެކުލެވޭ އެ ފިލްމަކީ ރަމޭޝް ޓޮރާނީ ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

މަގްބޫލު 'ރޭސް' ފްރެންޗައިޒްގެ ތިން ވަނަ އިންސްޓޯލްމަންޓް 'ރޭސް 3'ގެ ޝޫޓިން މިހާރު ކުރިއަށްދާއިރުު ފިލްމުގެ ކްރޫ އިން ބުނީ އެ ފިލްމަކީ ގިނަ އަދަދަކަށް އެކްޝަން މަންޒަރުތަކެއް ހިމެނޭ ފިލްމަކަށް ވުމުން މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ފިލްމުގެ އަންހެން ލީޑް ޖެކަލީން ޚާއްސަ ތަމްރީނުތަކެއް ހަދާފައިވާ ކަމަށެވެ.

ރަމޭޝް ޓޮރާނީ ޕްރޮޑިއުސް ކުރާ 'ރޭސް 3' ގައި ސަލްމާން އާއި ޖެކްލީންގެ އިތުރުން ދެން ފެނިގެން ދާނީ ބޮބީ ޑިއޯލް އާއި ޑެއިޒީ ޝާހް، ފްރެޑީ ދާރޫވާލާ އަދި ސާގިބް ސަލީމެވެ. އަނިލް ކަޕޫރު އަކީ 'ރޭސް'ގެ ފުރަތަމަ ދެ ފިލްމުގައި ވެސް މުހިންމު ރޯލަކުން ފެނިގެން ދިޔަ ތަރި އެކެވެ. ނަމަވެސް 'ރޭސް 3'ގައި އަނިލްގެ ރޯލެއް ނުހިމެނޭނެ އެވެ.

comment ކޮމެންޓް