ޝައިޚް އިމްރާނަށް އާއިލީ ބައްދަލުވުމުގެ ފުރުސަތެއް ނެތް: އަދާލަތު

ޝައިޚް އިމްރާނު ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަށް އާއިލީ ބައްދަލުވުމުގެ ފުރުސަތު ނުދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމާފައިވާކަމަށް އަދާލަތު ޕާޓީ އިން ބުނެފިއެވެ.

އެޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާ، އަލީ ނަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮނިހިރު ދުވަހަށް ތާވަލްކޮށްފައިވާ ޝައިޚް އިމްރާނުގެ އާއިލީ ބައްދަލުވުން ކެންސަލްކޮށްފައިވާކަމަށް ކަރެކްޝަންސް އިން އަންގާފައިވާ ކަމަށެވެ. އަދި ވަކި އެއްޗެއް އަންގަންދެން އިތުރު ބައްދަލުވުންތަކަށް ރިކުއެސްޓު ނުކުރަން އާއިލާ އަށް އަންގާފައިވާކަމަށްވެސް އަލީ ނަޒީރުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނު ޖަލަށް ލާފައިވަނީ 2015 މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާ އާއި ގުޅިގެންނެވެ. އިމްރާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 12 އަހަރުގެ ޖަލުހުކުމެއް ވަނީ އިއްވައިފައެވެ.

ޝައިޚް އިމްރާނުގެ އާއިލީ ބައްދަލުވުންތައް ކެންސަލު ކުރިކަމަށް އަދާލަތު ޕާޓީ އިން ބުނެފައިވާއިރު އެކަމާ ގުޅިގެން ކަރެކްޝަންސްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް