ނޮކިއާގެ އެންޑްރޮއިޑް ފޯނަށް ބޮޑު ތަރުހީބެއް

ނޮކިއާގެ ނޮކިއާ 8 އެންޑްރޮއިޑް ފޯނު ----

މޮބައިލްފޯނުގެ ޒަމާން ފެށިގެން އައި އިރު އެންމެ ކުރީގައި އޮތް ކުންފުންޏަކީ ނޮކިއާއެވެ. ނަމަވެސް މޮބައިލް ފޯނުގެ މާކެޓް ވާދަވެރިވެ، އިތުރު ކުންފުނިތައް މާކެޓަށް ނިކުތުމާއެކު، އަދި ޓެކްނޮލަޖީއަށް އައި ކުރިއެރުންތަކާއެކު ނޮކިއާއަށް އެ މާކެޓްގައި އެގޮތަށް ހިފަހައްޓައެއް ނުލެވުނެވެ.

ޒަމާންތަކެއް ފަހުން ނޮކިއާއިން ވަނީ ސްމާޓް ފޯނެއް ނެރެފައެވެ. އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ރަންކުރާ އެ ފޯނަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން އެޗްޓީސީ، ގޫގުލް އަދި ވަން ޕްލަސް އާ އަޅާބަލާއިރު ނޮކިއާގެ ފޯނުގެ ސޭލްސް ވަރަށް ބޮޑުތަން ވަނީ ކުރިއަށް ޖައްސާލައިފައެވެ.

ހުސްވި އަހަރުގެ ފަހު ކުއާޓަރުގައި ނޮކިއާ ފޯނުގެ 4.4 މިލިއަން ފޯނު ވަނީ ވިއްކައިފައެވެ. މިއީ ގޫގުލްގެ ޕިކްސެލް އާ އަޅާބަލާއިރުވެސް ބޮޑު ކުރިއެރުމެއް ކަމަށް ހަބަރުތައް ބުނެއެވެ.

ނޮކިއާގެ ހިއްސާ އޮންނަ އެޗްއެމްޑީ އިން އަންނަނީ ނޮކިއާ އާ ގުޅުންހުރި އިތުރު ވާހަކަތަކެއް ހިއްސާކުރުމަށް ތައްޔާރުވަމުންނެވެ. މި މަހުގެ ފަހުކޮޅު އޮންނަ މޮބައިލް ވޯލްޑް ކޮންގްރެސްގައި ނޮކިއާގެ އާވާހަކަތަކެއް އިވޭނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް