ޑޫގީ ވީ: އައިފޯން އެކްސްގެ "ކްލޯން"އެއް، ފިންގާޕްރިންޓް ސްކޭނަރު ޑިސްޕްލޭ ދަށުގައި

އެޕަލްގެ އެންމެފަހުގެ ފޯނު އައިފޯނު އެކްސްގެ ކްލޯން ފޯނެއް އުފައްދައިފިއެވެ. މި ފޯނަކީ އެންޑްރޮއިޑް ސަޕޯޓުކުރާ ފޯނެކެވެ. ޗައިނާގެ ޑޫގީއިން އުފެއްދި މި ފޯނުގައި ފިންގަޕްރިންޓް ސްކޭނާ ހިމަނާފައިވަނީ ޑިސްޕްލޭ ދަށުގައެވެ.

"ޑޫގީ ވީ" އަކީ އެޕަލް އައިފޯނު އެކްސްގެ ކްލޯން އެކެވެ. ފޯނުގެ ކުރިމަތި، ކަންތައް، ސްކްރީން، އަދި އިތުރު ފީޗާސްތައްވެސް ވަނީ ނަކަލުކޮށްފައެވެ. ހަމައެކަނި ބޮޑުތަފާތަކީ ފިންގާޕްރިންޓް ސްކޭނަރު ޑިސްޕްލޭ ދަށުގައި ހިމަނާފައިވުމެވެ. އަދި ފޭސް ސްކްރީނިން ފީޗާ ނެތުމެވެ.

ފިންގާޕްރިންޓް ސްކޭނާ ފޯނުގެ ފުރަގަހުން، ޑިސްޕްލޭ ދަށަށް ބަދަކުލުރަން ސެމްސަންގް އަދި އެޕަލް އިން މަސައްކަތް ކުރަމުންދާތާ އަހަރުތަކެއް ފަހުން އެންމެ ފުރަތަމަ މިކަން ކާމިޔާބުކޮށްފައިވަނީ ވީވޯ އިންނެވެ. ވީވޯ އަކީވެސް ޗައިނާގެ ސްމާޓްފޯނު ކުންފުންޏެކެވެ.

ޑޫގީގެ ފޯނުގެ އިތުރު މައުލޫމާތު އަދި އާންމުކޮށްފައެއް ނުވެއެވެ. ފޯނުގެ އަގުވެސް އަދި އާންމެއް ނުވެއެވެ. އިތުރު މައުލޫމާތު މިމަހުގެ 27 ގައި އާންމުކުރާނެ ކަމަށް ޑޫގީ އިން ވަނީ ބުނެފައެވެ. ޑޫގީ ފޯނުތަކަކީ އޭގެ ސްޕެކްސް އެހާ ރަނގަޅު ފޯނުތަކެއް ނޫނެވެ.

comment ކޮމެންޓް