މެދުކެނޑުމަކަށް ފަހު ރިތިކް އާ ފިލްމެއްގެ ޝޫޓިން ފަށައިފި

ސުޕަ 30 އަކީ އާނަންދް ކުމާރުގެ ބަޔޯ ޕިކްއެއް ---

ކުޑަ ދުވަސްކޮޅެއްގެ މެދުކެނޑުމަކަށް ފަހު ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކް ރޯޝަން އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

"ސުޕަ 30"ގެ ނަމުން ނަން ދީފައިވާ އެ ފިލްމަކީ ތަފާތު ފިލްމެއް ކަމަށް ރިތިކް ވަނީ ބުނެފަ އެވެ. ޕަތްނާއަށް އުފަން ހިސާބު ޓީޗަރެއް ކަމަށްވާ އަނާންދު ކުމާރުގެ ދިރިއުޅުމާ ބެހޭ ގޮތުން އުފައްދާފައިވާ ފިލްމުގެ އަންހެން ލީޑަކީ ބެލުންތެރިންގެ މެދުގައި މަގްބޫލުވި ޑްރާމާ "ކުމް ކުމް ބަގްޔާ"ގައި ހަރަކާތްތެރިވި މުރޫނަލް ތަކޫރު އެވެ.

މުރޫނަލް ފިލްމު ކުޅެން މިހާރު އެއްބަސްވެފައިވާ އިރު އެ ފިލްމަކީ އޭނާ ބޮލީވުޑަށް ތައާރަފްވާ ފުރަތަމަ ފިލްމު ވެސްމެ އެވެ.

ފިލްމުގެ ޝޫޓިންގެ މަސައްކަތް ފަށާފައިވާ ކަމަށް ފިލްމުގެ ޓީމުން ވަނީ ބުނެފަ އެވެ.

ވިކާސް ބަލް ޑައިރެކްޓް ކުރާ އެ ފިލްމު އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ކަމަށް ޓީމުން ބުންޏެވެ.

ރިތިކް ބުނީ ފިލްމުގައި އަދާކުރަން ޖެހެނީ ވަރަށް ތަފާތު އަދި ދުވަހަކު ވެސް ނުކުޅޭ ރޯލެއް ކަމަށެވެ.

"މިއީ ތަފާތު ރޯލެއް. އަދި އަލަށް މުދައްރިސެއްގެ ރޯލު ފިލްމުގައި އަދާ މި ކުރަނީ. މުދައްރިސެއްގެ ހުނަރު ދަސްކުރަމުން މިހާރު މި ދަނީ. ބެލުންތެރިން ގަޔާވާ ފިލްމަކަށް މި ފިލްމު ވާނެ،" ރިތިކް ބުންޏެވެ.

މައުލޫމާތު: ދަ ނިއުސް

comment ކޮމެންޓް