ބަރެސްދުއަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

ބަރެސްދޫއަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---ފޮޓޯ: އެމްޑަބްލިއުއެސްސީ

ގެސްޓު ހައުސް ރަށެއްގެ ގޮތުގައި މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ތަރައްގީ ކުރާ ލ. ބަރެސްދުއަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް އެކުންފުންޏާ މޯލްޑިވްސް ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އާ ދެމެދު ސޮއި ކޮށްފިއެވެ.

މިއީ 1.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއައިޓީޑީސީގެ ފަރާތުން އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ މިއަދު ސޮއި ކުރި އެއްބަސްވުމަކީ ވަގުތީގޮތުން ބަރެސްދޫގައި ގާއިމުކުރެވޭ ނިޒާމެއް ކަމަށެވެ. އަދި މިއީ ކޮންޓްރެކްޓަރުންނަށް ފަސޭހަކޮށްދިނުމަށް ގާއިމުކުރާ ނިޒާމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބަރެސްދޫއަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: އެމްޑަބްލިއުއެސްސީ

"ޓެމްޕަރަރީ ސެޓެޕަކަަށް އަޅުގަނޑުމެންދާ ރީޒަން އަކީ ކޮންޓްރެކްޓާޒްއަށް މަގުފަހިކޮށްދިނުން އެމީހުންގެ ޕީރިއަޑުގައި އިމާރާތްތައް ހެދުމަށް،" ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ އެ ކުންފުނީގެ އަމާޒުހުރީ 45 ދުވަހުގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް ހިދުމަށް ދިނުމަށް ކަމަށެވެ. އަދި އެރަށުގައި 50 ޓަނުގެ އާރޯ ޕްލާންޓަކާއި އަދި 70 ޓަނުގެ ސްޓޯރޭޖް ޓޭންކެއް ބެހެއްޓުމަށް ހަމޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމައައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން އެރަށުގައި ގާއިމްކުރާ ހޮޓާތަކުގެ މަސައްކަތް ދެތިން މަސްދުވަސްތެރޭ ފަށާނެ ކަމަށެވެ.

ބެރެސްދޫއަކީ މެދުފަންތީގެ ގެސްޓްހައުސްތައް ހިންގުމަށް ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ ރިސޯޓެވެ.

އެ ރަށުގައި ގެސްޓުހައުސް ހެދުމަށް މިހާރުވެސް ވަނީ 30 ފަރާތަކަށް ދޫކޮށްފައެވެ.

comment ކޮމެންޓް