"ދެވަންސޫރަަ"ގެ ދެވަނަ ބައެއް ނުކުންނާނެ

ދެވަންސޫރަ ގެ މަންޒަރެއް --- ފޮޓޯ ފޭސްބުކް

ފޮނި އުންމީދު ތަކަކާއި ގުޅިފައިވާ ފިލްމު "ދެވަންސޫރަ" ރޭ ރިލީޒްކޮށްފައިވާއިރު އޭގެ ދެވަނަ ބައެއް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނެފިއެވެ.

ޔޫއްޕެ ސަންއަށް ބުނީ ފިލްމުގެ ދެވަނަ ބައެއް އަންނާނެ ކަމަށާއި "ދެވަންސޫރަ"ގައި ސުވާލު އުފެދޭނެ ދެތިން ކަމެއް ދޫކޮށްލައިފައިވާނެ ކަމަށެވެ.

"ސުވާލު އުފެދޭނެ ދެ ތިން ކަމެއް ވާނެ ފިލްމު ތެރެއަށް ދޫކޮށްލާފައި. އޭގެ މާބޮޑު ޑީޓެއިލް އަކަށް ނުގޮސް އިންނާނީ. ހައިލައިޓް އަކަށް ނުގޮސް،" ޔޫއްޕެ ބުންޏެވެ.

"ދެވަންސޫރަ" އަކީ ހަގީގީ ވާހަކަ އެއްތޯ ސަން އިން ސުވާލު ކުރުމުން ޔޫއްޕެ ބުނީ ފިލްމަކީ ހިޔާލީ ވާހަކައެއް ކަމަށާއި މިފަދަ ކޮންސެޕްޓް ތައް ރާއްޖޭގައި ހެދިފައި ނުވާތީ "މި ކަހަލަ ފިލްމެއް އުފެއްދީ" ކަމަށެވެ.

ރާއްޖޭގެ މުޖުތަމައުގައި ވަރަށް ބޮޑަށް ސަމާލުކަންދީގެން އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ހުއްޓުވަން ޖެހޭ މުހިއްމު މައްސަލައެއް ފިލްމުގައި ހިމަނާފައި ވާނެ ކަމަށް ވެސް ޔޫއްޕެ ބުންޏެވެ.

ފިލްމަކީ އާ "ސްޓައިލް" އެއްގެ ފިލްމެއް ނަމަވެސް ބެލުންތެރިންގެ ހިޔާލު ފިލްމާ ދޭތެރޭ ވަރަށް "ޕޮސިޓިވް" ކަމަށް ޔޫއްޕެ ބުންޏެވެ.

ބެލުންތެރިންގެ ތައުރީފު ފިލްމަށް ލިބިފައިވާއިރު ފިލްމުގައި ހިމެނޭ ތަރިން ބުނަނީ މި ފިލްމަކީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫންކަމަށެވެ. "ދެވަންސޫރަ"ގެ ހަގީގަތް ބަލައިލުމަށް ކޮންމެ މީހަކު ވެސް އޮލިމްޕަހަށް އައުމަށް ތަރިން ދައުވަތު ދެއެވެ.

comment ކޮމެންޓް