ކަޕިލް ޝަރްމާ އެނބުރި އަންނަނީ

މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ----

ކޮމީޑިއަން ކަޕިލް ޝަރްމާގެ "ދަ ކަޕިލް ޝަރްމާ ޝޯ" ނިމުމަކަށް ގެނެސް، އާ ޝޯއެއް ގެނައުމަށް ވަނީ ތައްޔާރުވެފައެވެ.

ކަޕިލް ބުނާ ގޮތުގައި "ދަ ކަޕިލް ޝަރްމާ ޝޯ" ޖެހުނު ނަމަވެސް މި ފަހަރުގެ ޝޯ، ކުރީ ޝޯއާ އަޅާ ބަލާއިރު އެތައް ހާސްބައި ރަނގަޅުވާނެކަމަށެވެ.

އޭނާގެ ކުރީ ޝޯގައި ބައިވެރިވި ހުރިހާ ތަރިން މި ފަހަރުގެ ޝޯގައި ބައިވެރިވި ނަމަވެސް ސުނިލް ގްރޯވަރު އެ ޝޯގައި ބައިވެރިއެއް ނުވާނެއެވެ.

ކުރީގެ ޝޯއަށް ވުރެ ރަނގަޅަށް އެ ޝޯ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދި ޝޯއަށް ކިޔާނެ ނަމެއް ނިންމާފައިނުވާ ކަމަށް ކަޕިލް ބުންޏެވެ.

"ދަ ކަޕިލް ޝަރްމާ ޝޯ"ގެ ތަރުހީބު ކުޑަވީ ކަޕިލް ޝަރްމާ ޝޯގެ އައު އެޕިސޯޑުތައް ހެދުން ހުއްޓި، ކުރީގެ އެޕިސޯޑުތައް ދައްކަން ފެށުމާ ގުޅިގެންނެވެ.

އަނިލް ކަޕޫރު އަދި އަރްޖުން ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "މުބާރަކާން"ގެ ކާސްޓާއެކު ކަޕިލް ޝަރްމާ ޝޯގެ އެޕިސޯޑެއް ޝޫޓު ކުރަން ހަމަޖެހުނު ނަމަވެސް، ކަޕިލް ބަލިވުމުގެ ސަބަބުން ޝޫޓިން ވަނީ ކެންސަލް ކޮށްފައެވެ.

އޭގެ އިތުރުން ޝާހުރުކް ޚާންގެ ޝޫޓިންއަކާ، "ގެސްޓް އިން ލަންޑަން" ގެ ކާސްޓާ އެކު ކުރިއަށް ގެންދަން އޮތް ޝޫޓިންއެއް ވެސް ވަނީ ކެންސަލް ކޮށްފައެވެ.

ގިނަ ޝޫޓުތަކެއް ކެންސަލު ކުރުމާ ގުޅިގެން އެ ޝޯއަށް ފާޑުކިޔުންތަކެއް އައުމާއެކު އެ ޝޯވް ހުއްޓާލަން ޖެހުނީ ކަމަށް އެ ޓީމުން ބުންޏެވެ.

comment ކޮމެންޓް