ތައުލީމީ ދާއިރާގެ ކާމިޔާބީ އަންނަނީ ފެންނަމުން: އެޑިއުކޭޝަން މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގެ ވިސްނުމާ ހަކަތަ އެއްކުރަނީ ދިވެހި ދަރިވަރުން ކުރިއެރުވުމަށާއި، ތައުލީމީ ދާއިރާއަށް ލިބެމުން އަންނަ ކާމިޔާބީ ކުލަތައް ފެންނަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގައި ރާއްޖެއިން ހޯދި ކާމިޔާބީ ހުރިހާ ސްކޫލެއްގައި މިއަދު ފާހަގަކުރަމުންދާ އިރު، އެޑިއުކޭޝަން މިނިސްޓަރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިދިޔަ އަހަރު ސާނަވީ އިމްތިހާނުން ރާއްޖޭގެ ދަރިވަރުން ހޯދީ ވަރަށް ޚާއްސަ ކާމިޔާބީއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ކުއްޖަކުވެސް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ފަހިކޮށްދިން ފުރުސަތުތަކާ އެކު، ހާއްސަ އެހީއަށް ބޭނުންވާ ކުދިންވެސް ސާނަވީ ތައުލީމު ނިންމައި، ފާހަގަކޮށްލެވޭ ނަތީޖާތަކެއް ހޯދާފައިވާ ކަމަށެވެ. އާއިޝަތު ޝިހާމް ވިދާޅުވިއެވެ.

މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ މަދަރުސީ ތައުލީމުގެ ފުރުސަތުތައް އިތުރުކުރަމުންދާ މިންވަރަށް މަތީ ތައުލީމުގެ ފުރުސަތުތައްވެސް ސަރުކާރުން ފަހިކޮށްދެމުން ގެންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މަސައްކަތުގެ ކާމިޔާބީ ފެންނަމުން ދާ ކަމަށެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ސްކޫލް ތައުލީމް ފޯރުކޮށްދޭން ފެށިފަހުން ފާއިތުވެދިޔަ 84 އަހަރުގެ ތެރޭގައި އެންމެ ފަހުރުވެރި ނަތީޖާއެއް ހޯދި އަހަރެވެ. އެގޮތުން، ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އިންސައްތަ ވަނީ 77 ޕަސަންޓަށް އިތުރުވެފައިވެއެވެ.

comment ކޮމެންޓް